Saturday, October 31
އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް އަލުން ހުޅުވައިފި

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، މި ދެ މަޤާމަށް އަލުން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި މި ޑިސެންބަރު މަހުގެ 8 ވަނަ ދުވަހު އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ކޮށްފައިވާ އިޢުލާނު ބާތިލްކޮށްފައިވާ ކަމަށެވެ.

‎އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން 31 ޑިސެންބަރު 2024 ވާ ހޯމަ ދުވަހުގެ ގެ ނިޔަލަށެވެ.

އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލާފައި މިވަނީ އެ  ކޮމިޝަނުގެ ދެ މެންބަރުން އިސްތިޢުފާ ހުށަހަޅުއްވާފައިވާތީ އެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) ގެ މެންބަރުކަމުން އިސްތިއުފާ ދެއްވާފައިވަނީ ކޮމިޝަންގެ ނައިބު ރައީސް އަބްދުލްސަލާމާއި މެމްބަރު ތޯހާ މުހައްމަދެވެ. ދެ މެންބަރުން އިސްތިއުފާ ދެއްވީ ނުފޫޒު ފޯރުވުމާ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވި، އެ ދެ މެންބަރުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައިވަނިކޮށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު