Saturday, October 31
އައްޑޫގައި މަތީ ތަޢުލީމު ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު، ޑރ. މަރްޔަމް މާރިޔާ އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި، އެ ވުޒާރާއާއި އައްޑޫ ސިޓީ ކައުންސިލުން ގުޅިގެން މަތީ ތަޢުލީމު ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅިގެން ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން، އައްޑޫގައި ޤާޢިމްކުރެވިފައިވާ ޕޮލިޓެކްނިކް ކެމްޕަހުގައި ކުރިއަށްގެންދެވިދާނެ ޕުރޮގުރާމުތަކުގެ އިތުރުން އައްޑޫގެ ނޭޝަނަލް ކެރިޔަ ސަރވިސް (އެންސީއެސް) ގައި ކެރިއަރ ސަރވިސް ފޯރުކޮއްދިނުމާއި ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

ވަޒީރު މާރިޔާ އައްޑޫ ކައުންސިލާއި ބައްދަލުކުރައްވާފައިވަނީ ވިލާ ކޮލެޖުގެ ހިތަދޫ ކެމްޕަސް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮއްދެއްވުމަށް އައްޑޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު