Saturday, October 31
މަސްތުވާތަކެއްޗާއެކު ހިރިލަންދޫން ދެ މީހަކު ހައްޔަރުކޮށްފި

ތ. ހިރިލަންދޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ 2024 ޑިސެންބަރު 14 ވަނަ ދުވަހު ހިރިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަންގައި ތ. ހިރިލަންދޫ / ޗަމަން، އަޙްމަދު ސިނާނު (37އ) އާއި މާލެ، ހ.ސީރީނު ވިލާ، މުޙައްމަދު މާހިން (37އ) ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އެމީހުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 2 ރަބަރު ޕެކެޓު ފެނިފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ. އަދި، އޭގެ ތެރެއިން އަޙްމަދު ސިނާނުގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، އޭނާ 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ. 

މި މައްސަލަ ހިރިލަންދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު