Saturday, October 31
އާޓިފިޝަލް ބީޗުގައި ހިންގި މާރާމާރީގައި އިސްކޮށް ހުރި މީހާ ޑީޕޯޓުކުރަނީ

އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއް ދެމެދުގައި ހިންގި މާރާމާރީގައި އެންމެ އިސްކޮށް ހުރި މީހާ ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

ޑީޕޯޓްކުރުމުގެ މަސައްކަތް ކުރަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ 25 އަހަރުގެ އަމްރިތު ސިންގެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި މަހުގެ ހަ ވަނަ ދުވަހު އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް އާޓިފިޝަލް ބީޗު ސަރަހައްދުގައި ހިންގި މާރާމާރީގައި އެންމެ އިސްކޮށް އުޅުނު ބިދޭސީ މީހާ ފުލުހުންގެ އެހީތެރިކަމާއެކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

އަމްރިތު ޑީޕޯޓް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެވެ.

މި މާރާމާރީއަކީ ބިދޭސީންގެ މެދުގައި ޖެހުނު ހަމަނުޖެހުމެއްގެ ތެރެއިން ހިނގި މާރާމާރީއެކެވެ. މި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، އެ ވީޑިއޯތަކުން ގިނަ އަދަދެއްގެ ބިދޭސީންތަކެއް މާރާމާރީ ހިންގާތަން ފެނެއެވެ.

މި މާރާމާރީ ހިންގާ އާއްމު މަސްލަހަތު ނަގާލުމުގައި ބައިވެރިވެފައިވާ ބިދޭސީންނަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަޤީންކަން ކޮމިޝަނަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝައްމާން ވަޙީދުވަނީ ކުރިން ދެއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު