Saturday, October 31
ވިލާ ކޮލެޖުގެ ހިތަދޫ ކެމްޕަސް ހުޅުވައިފި

ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދޭ އެންމެ ބޮޑު އެއް އަމިއްލަ މުއައްސަސާ ކަމަށްވާ ވިލާ ކޮލެޖުގެ ކެމްޕަހެއް އައްޑޫ ސިޓީ ހިތަދޫގައި ހުޅުވައިފިއެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް، ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވަނީ މި ކެމްޕަސް އިފްތިތާޙްކުރުމަށްޓަކައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮއްދެއްވާފައެވެ. މި ރަސްމިއްޔާތުގައި، މިނިސްޓަރ ޑރ. މަރްޔަމް މާރިޔާގެ އިތުރުން އައްޑޫ ސިޓީގެ މޭޔަރ، ޢަލީ ނިޒާރު، ވިލާ ކޮލެޖްގެ ރެކްޓަރ، ޑރ.އަޙްމަދު އަންވަރު އަދި އެކި އިދާރާތަކުގެ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.

ވިލާ ކޮލެޖުގެ މި ކެމްޕަހަކީ މަތީ ތަޢުލީމުގެ ދާއިރާގައި ބޭނުންކުރާ އެންމެ ޒަމާނީ އަގުހުރި ވަސީލަތްތަކާއިއެކު ޤާޢިމުކުރާ، 25 މިލިއަން ރުފިޔާ ޚަރުދުކުރެވޭ ބޮޑު އިންވެސްޓްމަންޓެކެވެ. މީގެ އިތުރުން، މި ކެމްޕަހުގައި، ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓަރސް ޑިގްރީ ފެންވަރުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފައެވެ.

އަތޮޅުތަކުގައި މިފަދަ މަތީ ތަޢުލީމު ފޯރުކޮއްދޭ ކެމްޕަސްތައް ޤާއިމްވެގެން ދިޔުމަކީ ރާއްޖޭގެ މަތީ ތަޢުލީމު އަތޮޅުތަކަށް ފުޅާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްޕުޅަށް ލިބިގެންދިޔަ ކުރިއެރުމެއް ކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު