ވިލިމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް ރަނގަޅުކޮށް، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމުގެ މަޤްޞަދުގައި ބޭއްވުނު ޕަބްލިކް ފޯރަމެއް ބާއްވައިފިއެވެ. މި ފޯރަމްގައި ހޮސްޕިޓަލުގެ މެނޭޖްމަންޓާއި ރައްޔިތުންގެ މެދުގައި ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.
މިހާރުގެ މެނޭޖްމަންޓުންނާއި ސަރުކާރުން ވިލިމާލެ ހޮސްޕިޓަލަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވާކަމަށް އަލިއަޅުއްވާލައްވައި މާލެ ސިޓީ ހޮސްޕިޓަލްގެ ސީއީއޯ އަލްފާޟިލް އަބްދުއްރައްޒާގު ހަލީމް ވަނީ، ފުރަތަމަ ފަހަރަށް ވިލިމާލެ ހޮސްޕިޓަލަށް ޑެޕިއުޓީ ސީއީއޯ ލެވެލްގައި ބޭފުޅަކު ޚާއްޞަކޮށް އައްޔަންކޮށްފައިވާކަން ފާހަގަކުރައްވައިފައެވެ.
ވިލިމާލޭ ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި މި ފޯރަމްގައި ބައިވެރިވި އެއް ފަރާތުން ބުނީ، މިފަދަ ފޯރަމްތަކަކީ ޙަޤީޤަތުގައި ވަރަށް ބޭނުންތެރި، ދޭތެރެ ދޭތެރެއިން ނަމަވެސް ބާއްވަން ވަރަށް މުހިންމު ފޯރަމްތަކެއް ކަމަށެވެ. އަނެއް ބައިވެރިއަކު ފާހަގަކުރި ގޮތުގައި މި ފޯރަމުން ވަރަށް ބޮޑެތި އުންމީދުތަކެއް ހާސިލުވެފައިވެއެވެ. ފޯރަމްގައި ބައިވެރިވި ފަރާތަކުން ފާހަގަކުރި ގޮތުގައި މިފަދަ ފޯރަމްތައް އަހަރަކު އެއްފަހަރު ނުވަތަ ދެފަހަރު ބޭއްވުމަކީ ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަމެކެވެ. އަދި މިފަދަ ފޯރަމްތަކުގެ މަޢުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް އިތުރަށް މަސައްކަތްކުރުމަށް އެ ފަރާތުން ގޮވާލިއެވެ.
މީގެ އިތުރުން، ސީއީއޯ ހަލީމް އިތުރަށް ވިދާޅުވީ، ކަސްޓަމަރ ސަރވިސް ރިލޭޝަންޝިޕްތައް ރަނގަޅު ކުރަން އެބަ ޖެހޭ ކަމަށާއި، އެކަން ގަބޫލުފުޅުކުރައްވާ ކަމަށެވެ. އެކަމަކު އެއްވެސް ބަލިމީހަކަށް އިހާނެތިކޮށް ދެރަކޮށް ހިތާކަށް އެއްވެސް ފުޅަކު ބޭނުމެއް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސީއީއޯ ވިދާޅުވީ ކުރިއަށް އޮތް ފޯރަމްތަކުގައި މިފަހަރު ދެކެވުނު ވާހަކަތަކުގެ މައްޗަށް ބިނާކޮށް ކުރެވުނު ކަންތައްތަކުގެ ފީޑްބެކް ހޯދުމަށް ރޭވިފައިވާ ކަމަށެވެ. މީގެ ސަބަބުން ވިލިމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ގިނަ ބައިވެރިން އުންމީދު ކުރެއެވެ.
މި ފޯރަމްގައި ހާމަކުރެވުނު މަޢުލޫމާތުތަކަށް ބަލާއިރު، ވިލިމާލެ ހޮސްޕިޓަލާއި މާލެ ސިޓީގެ ޞިއްޙީ ޚިދުމަތްތައް ރަނގަޅުކުރުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަމާއި، ރައްޔިތުންގެ ޚިޔާލުތަކަށް އަހައްމިއްޔަތުކަންދީ، އެޚިޔާލުތަކުގެ މައްޗަށް ބިނާކޮށް ކަންކަން ރޭވުމަށް މަސައްކަތްކުރާކަން ފާހަގަކުރެވެއެވެ.
މިގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ވިލިމާލޭގައި 100 އެނދުގެ ޓާޝިއަރީ ހޮސްޕިޓަލެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަން ވިލިމާލޭ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު މަބްރޫކް ފާހަގަކުރައްވާ އެކަމުގެ އަދާހަމަ ބައިވެރިންނާ ހިއްސާކޮށްދެއްވި އެވެ. މިގޮތުން ފީސިބިލިޓީ ސްޓަޑީޒް ނިމި، ހޮސްޕިޓަލް ޑިޒައިންކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަން ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން އައު ހޮސްޕިޓަލް އިމާރާތްކުރެވެމުންދާއިރު، ހޮސްޕިޓަލުގެ ހިދުމަތްތައް އެހެން ތަނަކަށް ބަދަލުވާނެ ކަމަށާއި، ނަމަވެސް މި ބަދަލުވާ އިރު މިހާރު ދެމުންގެންދާ އެއްވެސް ޚިދުމަތަކަށް އުނިކަމެއް ނައިސް، މީގެ އިތުރަށް އިތުރު ޚިދުމަތްތައް ކުރިއަށް އޮތް 3 އަހަރު ތެރޭގައި ފެށިގެންދާނެ ކަމަށް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ހޮސްޕިޓަލުގެ ޚިދުމަތްތަކާ ގުޅޭ ގޮތުން މިހާރަށްވުރެ ގާތުން ރައްޔިތުންނާއި ހިއްސާ ކުރެވެމުންދާނެ ކަމަށްވެސް މަބްރޫކް ވިދާޅުވި އެވެ.
ފޯރަމްގައި ބައިވެރިވި އެއް ފަރާތަކުން ބުނީ، މިފަދަ ފޯރަމްތަކުން ރައްޔިތުންނަށާއި ހޮސްޕިޓަލް ހިންގާ ފަރާތްތަކަށް ވެސް ވަރަށް މުހިންމު މަޢުލޫމާތުތަކެއް ލިބިގެންދާ ކަމަށެވެ. މި ޚިޔާލާ އެއްގޮތަށް، ސީއީއޯ ހަލީމް ވެސް ވިދާޅުވީ މިފަދަ މަޝްވަރާތަކަކީ ހޮސްޕިޓަލުގެ ޚިދުމަތްތައް ރަނގަޅުކުރުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ރައްޔިތުން ފާހަގަކުރި ކަންބޮޑުވުންތަކަށް އަމަލީ ގޮތުން ހައްލު ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ސީއީއޯ ވިދާޅުވިއެވެ. މި ބަސްފުޅާ އެއްގޮތަށް، ފޯރަމްގައި ބައިވެރިވި ގިނަ ފަރާތްތަކުން ފާހަގަކުރީ މިފަދަ ފޯރަމްތަކަކީ ވިލިމާލޭގެ ކުރިއަށް އޮތް މުސްތަޤުބަލަށް ވިސްނާއިރު ވަރަށް މުހިންމު ކަމެއް ކަމަށެވެ.
މިފަދަ މަޝްވަރާތައް ގަވާއިދުން ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމުގައި މެނޭޖްމަންޓާއި ފޯރަމްގެ ބައިވެރިން ވަނީ އެއްބަސްވެފައެވެ. އަދި، ކުރިއަށް އޮތް ފޯރަމްތަކުގައި މިފަހަރު ދެކެވުނު ވާހަކަތަކުގެ މައްޗަށް ބިނާކޮށް ކުރެވުނު ކަންތައްތަކުގެ ފީޑްބެކް ހޯދުމަށް ރާވާފައިވާނެ ކަމަށް ސީއީއޯ ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން