Saturday, October 31
ވިސާ ނެތި ރާއްޖޭގައި ދިރިއުޅެމުންދާ ފަރަންސޭސި އާއިލާއެއް ފޮނުވާލަނީ

ގާތްގަނޑަކަށް 12 ވަރަކަށް އަހަރު ވަންދެން ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ފަރަންސޭސިވިލާތުގެ އާއިލާއެއް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނާ ޚިލާފަށް ފަރަންސޭސިވިލާތަށް ނިސްބަތްވާ 6 މީހުންގެ އާއިލާއެއް ރާއްޖޭގައި ދިރިއުޅެމުންދާ ކަމުގެ މައުލޫމާތު "އިމިގްރޭޝަން ވޮޗް" އަށް ލިބުނީ މިދިޔަ ޖުލައި 18 ގައި ކަމަށެވެ.

އެގޮތުން އިމިގްރޭޝަނުން އެ މައްސަލަ ބެލުމަށްފަހު މިދިޔަ އޮކްޓޫބަރު 23 ވަނަ ދުވަހު އެ މައްސަލާގައި ހިމެނޭ އިސް ފަރާތް އެ އިދާރާއަށް ހާޒިރުކުރި ކަމަށް ޝަމްޢާން ވިދާޅުވިއެވެ.

ތ.ވޭމަންޑޫގައި މިހާރު ދިރިއުޅޭ އެ ފަރާތްތަކުގެ ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވާތީ، މި އާއިލާ ރާއްޖެއިން ފުރުވާލުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓު ހޯދުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފޮރިން އެފެއާޒާ ގުޅިގެން އިމިގްރޭޝަނުން ކުރަމުންދާ ކަމުގައި ޝަމްޢާން ވިދާޅުވިއެވެ.

މި ފަރާތްތަކުގެ ޓްރެވަލް ޑޮކިއުމަންޓް ލިބުނުހާ އަވަހަކަށް ފުރުވާލުމަށް ވަނީ ހަމަޖެހިފަ.

ޝަމްޢާން ވިދާޅުވީ އިމިގްރޭޝަންގެ ގާނޫނާ ޚިލާފަށް ދިވެހިރާއްޖޭގައި އުޅުމަށް އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދެވޭނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު