Saturday, October 31
ކޮކޮނަޓް ހިސްޕިޑް ބީޓްލް ކޮންޓްރޯލްކުރުމަށްޓަކައި ނެޗްރަލް އެނެމީ ލެބޯޓަރީއެއް ގާއިމުކުރުމަށް ދިރާސާ ފަށައިފި

ކޮކޮނަޓް ހިސްޕިޑް ބީޓްލް ކޮންޓްރޯލްކުރުމަށްޓަކައި ނެޗްރަލް އެނެމީ ލެބޯޓަރީއެއް ރާއްޖޭގައި ގާއިމުކުރުމަށް ޗައިނާގެ ކަމާ ބެހޭ މާހިރުން ދިރާސާ ފަށައިފިއެވެ.

މި ރުކުމަޑި އަކީ ރާއްޖޭގެ ރުއްތަކަށް އެންމެ ނުރައްކާތެރި ގެއްލުންދޭ ސޫފިކަމަށް ވަނީ ފަހާގަ ކުރެވިފައެވެ.

މި މަސައްކަތް ފެށިފައިވަނީ ދިވެހިރާއްޖެ އާއި ޗައިނާ ސަރުކާރާއި ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ދަށުން, މި ބާވަތުގެ މަޑި ކޮންޓްރޯލްކޮށް ރާއްޖޭގެ ތިމާވެއްޓާ ގުޅޭ, އަދި އެކަށީގެންވާ ހައްލެއް ހޯދުމަށްޓަކައި ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ދަށުންނެވެ. އަދި ލެބޯޓަރީގައި މަސައްކަތްކުރާ މުވައްޒަފުން ތަމްރީން ދިނުމުގެ ޕްރޮރާމްތައް ހިންގުމަށް ވެސް މި އެއްބަސްވުމުގައި ހިމެނިފައިވެއެވެ.

މި ލެބޯޓަރީގައި ދިރާސާ ކުރުމަށް ރޭވިފައިވާ އެންމެ މުހިއްމު އެއްކަމަކީ ކޮކޮނަޓް ހިސްޕިޑް ބީޓްލްއަށް ހަމަލާދޭ ޕެރެސިޓޮއިޑް އާލާކޮށް ގިނަކުރެވޭނެ ގޮތްތައް ހޯދުމެވެ.

އެގްރިކަލްޗަރ މިނިސްޓްރީން މިއަދު ބުނީ ޗައިނާގެ ފަންނީ މާހިރުންގެ ޓީމުތަކުން މިހާރު ރާއްޖެ އައިސް ލެބޯޓަރީ ގާއިމުކުރުމަށްޓަކައި ހަދަންޖެހޭ ދިރާސާތަކުގެ ފަހުގެ މަރުހަލާތައް ނިންމަމުންދާ ކަމަށެވެ. އަދި ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަކީ މިފަދަ ލެބޯޓަރީއެއް ގާއިމުކުރުމަށް އެކަށީގެންވާ ތަނެއްކަމުގައި އެ ޓީމުން ނިންމާފައިވާ ކަމަށާއި، ހަނިމާދުއަކީ މި މަޑީގެ އުނދަގޫ ވަރަށް ބޮޑުވެފައިވާކަމަށް ފާހަގަކުރެވިފައިވާ ރަށެއް ކަމަށެވެ.

މީގެއިތުރުން, ޗައިނާ މާހިރުންގެ ޓީމުން, އެ މިނިސްޓްރީގެވފަންނީ މުވައްޒަފުންނާއެކު ހއ. މާފަހީގައި ހިސްޕިޑް ބީޓްލް ކޮންޓްރޯލްކުރުމަށް މިހާރު ފަށާފައިވާ މަސައްކަތް ބަލައި މަޢުލޫމާތު ހިއްސާކުރައްވާފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު