Saturday, October 31
ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންގެ ދަފުތަރުގައި 2،000 އަށްވުރެ ގިނަ ކުދިން!

ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާޞިލުކުރަމުންދާ ދަރިވަރުންގެ ދަފުތަރުގައި 2،000 އަށްވުރެ ގިނަ ދަރިވަރުން ރަޖިސްޓްރީވެފައިވާ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން "ސަރުކާރު" ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ގޮތުގައި، އެ ވުޒާރާގެ ފަރާތުން އެކުލަވާލައިފައިވާ މި ދަފުތަރުގައި، 915 ފިރިހެން ދަރިވަރުންނާއި 1،201 އަންހެން ދަރިވަރުންނާއެކު ޖުމުލަ 2،116 ދަރިވަރުން ރަޖިސްޓްރީވެފައިވާ ކަމަށެވެ.

އެ ވުޒާރާއިން ބުނީ މިފަދަ ދަފުތަރެއް ޤާޢިމުކުރުމުގެ މަޤުޞަދަކީ ބޭރުގެ އެކި ޤައުމުތަކުގައި މަތީ ތަޢުލީމު ހާޞިލުކުރަމުންދާ ދަރިވަރުންނާ ގުޅޭ މުހިންމު ކަންކަން ބެލެހެއްޓުމުގައި ލުއިފަސޭހަކަން ހޯދުމުގެ އިތުރުން ދިވެހި ދަޢުލަތުގެ ފަރާތުން އެ ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު