Saturday, October 31
ރާއްޖޭގެ ސިޔާސީ މަސްރަޙާ ގުޅޭ މަޢުލޫމާތު ހިއްސާކުރެއްވުމަށް ފައްޔާޒު އިންޑިއާ އާއި ޖަރުމަނުވިލާތަށް

އިދިކޮޅު ސިޔާސީ ޕާޓީ ކަމަށްވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ޗެއަރޕަރސަން، އަލްއުސްތާޛް ފައްޔާޒް އިސްމާއިލް އިންޑިއާ އާއި ޖަރުމަނުވިލާތަށް ފުރާވަޑައިގެންފިއެވެ.

އެމްޑީޕީ ސެކްރެޓޭރިއެޓުން މިރޭ ހާމަކޮށްފައިވާ ގޮތުގައި ފައްޔާޒުގެ މި ދަތުރުފުޅަކީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙާ ގުޅޭ މަޢުލޫމާތު، ބައިނަލްއަޤުވާމީ ފަރާތްތަކާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމުޢިއްޔާ ޖަމާޢަތްތައް (އެން.ޖީ.އޯ) ތަކާ ހިއްސާކުރެއްވުން ކަމަށެވެ. ނަމަވެސް، މިކަމާ ގުޅޭ އިތުރު ތަފްޞީލެއް އެ ޕާޓީން ހާމަކޮށްފައެއް ނުވެއެވެ.

މީގެ ކުރިންވެސް ފައްޔާޒް ވަނީ ރާއްޖޭގެ ސިޔާސީ މަސްރަޙާ ގުޅޭ މަޢުލޫމާތު ބައިނަލްއަޤްވާމީ ފަރާތްތަކަށް ދެއްވުމަށް ބޭރަށް ވަޑައިގެންފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު