Saturday, October 31
އެމްއެންޑީއެފުން މާފަރުގައި މޫދު ކަސްރަތު ޕުރޮގުރާމެއް ހިންގައިފި

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑާއި ނ.މާފަރު ކައުންސިލް އަދި އެ ރަށު ޕޮލިސް ސްޓޭޝަނާ ގުޅިގެން އެ ރަށުގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން އެ ރަށުގައި "މޫދުކަސްރަތުން އުފާވެރިކަން" ޕުރޮގުރާމު ހިންގައިފިއެވެ.

މި ޕުރޮގުރާމު ނިންމުމުގެ ގޮތުން ޑިސެންބަރު 12 ވަނަ ދުވަހުގެ ރޭ މާފަރު ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެ ޕުރޮގުރާމުގެ މުއްދަތުގައި ބަރުދަން ލުއިކުރި ބައިވެރިންގެ ތެރެއިން އެންމެ ބޮޑަށް ބަރުދަން ލުއިކުރި 3 ވަނަ، 2 ވަނަ އަދި 1 ވަނައަށް ސެޓްފިކެޓާއި އެވޯޑް ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ޓްރޭނިންގ އެންޑް އޮޕަރޭޝަންސް އޮފިސަރ (އެސް 3) ކެޕްޓަން  މުޙައްމަދު ސަވާދު ސައުދުﷲ އެވެ.

އެމްއެންޑީއެފުން ހާމަކުރާ ގޮތުގައި މިއީ، ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި، ދުޅަހެޔޮ ޞިއްޙަތާއި، ރައްޔިތުން ބާރުވެރިކުރުމާއި، އިޖުތިމާޢީ ފޭރާން ވަރުގަދަކުރުމުގެ އިތުރުން އެއް ބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރާ، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތް ކުރާ އެއްބައިވަންތަ މުޖުތަމަޢެއް ބިނާކުރުމުގެ މަޤްޞަދުގައި، އެރަށު ކައުންސިލާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ކުރިއަށް ގެންދިޔަ ޕުރޮގުރާމެކެވެ.

މި ޕުރޮގުރާމުގައި ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮ ޞިއްޙަތާއި، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކަސްރަތު ކުރުމުގެ މުހިންމުކަމާއި، ކަސްރަތުން ލިއްބައިދޭ ފައިދާތަކާއި، ކަސްރަތު ކުރަންވީ ރަނގަޅު ގޮތްތަކާއި، އަދި، ރަނގަޅު ޞިއްޙަތެއްގައި ހުރުމަށް ރަނގަޅު ކާނާ ކެއުމުގެ މުހިންމުކަމާ ބެހޭގޮތުން ޕުރޮގުރާމުގެ ބައިވެރިންނަށް ވަނީ މަޢުލޫމާތު ދީފައެވެ. މީގެއިތުރުން، މި ޕުރޮގުރާމުގައި ބައިވެރިންނަށް އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރުމާއި، ލީޑަރޝިފާއި ތަރުތީބުން ކަންކަން ކުރުމުގެ މުހިންމުކަމާއި، އަދަބު އަޙްލާޤާއި، ރިވެތި އާދަކާދަތަކާއި، ގަޑިއަށް ފަރުވާތެރިކަން ބެހެއްޓުމާއި އަދި އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރާ އެއްބައިވަންތަ ބައެއްގެ ގޮތުގައި މަސައްކަތްކުރާނެ ގޮތާއި އާދަތައް ކިޔަދީފައިވެއެވެ.

މި ރަސްމިއްޔާތުގައި  "މޫދުކަސްރަތުން  އުފާވެރިކަން" ފުރިހަމަކުރެއްވި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައި ވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އެމްޑީޔޫ6 ގެ  އެކްޓިންގ ކޮމާންޑަރ ފަސްޓް ލެފްޓިނެންޓް މުޙައްމަދު ރައިހާނެވެ.

ނޮވެންބަރު 20 އިން ޑިސެންބަރު 10 އަށް ހިންގި މި ޕުރޮގުރާމު، އެ ރަށުގެ 33 ބައިވެރިން ފުރިހަމަކުރިއެވެ. މި ޕުރޮގުރާމުގައި ކުލާސްތައް ނަގައިދިނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ސިފައިންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު