Saturday, October 31
ލ. ގަމުގައި ބޭއްވި އާއިލީ ހަވީރެއްގައި އެމްއެންޑީއެފުން ބައިވެރިވެއްޖެ

ޔުނިސެފްއާއި ލ.ގަމު ޕޮލިހާ ގުޅިގެން ގަމުގައި ބޭއްވި އާއިލީ ހަވީރުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ބައިވެރިވެއްޖެއެވެ.

އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި ލ. ގަމު ތުނޑީ ކުޅޭބިމުގައި އިއްޔެ ބޭއްވި އާއިލީ ހަވީރުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ފަޔަރ ކޮމްޕޯނަންޓް 3 އިން ސްޓޯލެއް ވަނީ ބަހައްޓާފައެވެ. މި ސްޓޯލުން އެކި ކަހަލަ ހަރަކާތްތައް ކުރިއަށްގެންދިޔަ އިރު، އަލިފާންނިވި ބޭނުންކުރާނެ ގޮތާއި، އަލިފާން ނިއްވުމުގެ އެހެނިހެން ހުނަރުތައް ސްޓޯލަށް ޒިޔާރަތްކުރި ފަރާތްތަކަށް ވަނީ ކިޔައިދީފައެވެ. މީގެ އިތުރުން ފޮޓޯ ނެގުން ވެސް ވަނީ މި ސްޓޯލުން ކުރިއަށް ގެންގޮސްފައެވެ.

މި އާއިލީ ހަވީރުގައި 198 ކުދިން ބައިވެރިވި އިރު، މި ސްޓޯލަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު