Saturday, October 31
ވިލިމާލޭގައި އަވައްޓެރި ބީޗު ފެސްޓް 2024 ބާއްވައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ވިލިމާލެ ޕޮލިހާއި ލިކުއިޑް ވޯޓަރ ސްޕޯޓްސްއިން އިސްނަގައިގެން ވިލިމާލޭގެ ސަރުކާރުގެ އިދާރާތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކާއި އަވައްޓެރި ފުލުހުންގެ ދަށުން ހިންގާ ވިލިމާލެ ޖޮއިންޓް އޭޖެންސީ ގްރޫޕް ގުޅިގެން ވިލިމާލޭގައި "އަވައްޓެރި ބީޗު ފެސްޓް 2024" ގެ ނަމުގައި ވިލިމާލޭގައި ދިރިއުޅޭ ކުޑަކުދިންނަށް އަމާޒުކޮށްގެން ހާއްސަ ހަރަކާތެއް ބާއްވައިފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި ހަރަކާތަކީ ރައްޔިތުންނާއި ފުލުހުން ގުޅުން ބަދަހިކޮށް ވީހާވެސް ގާތުން މަސައްކަތްކުރުމަށް މަގުފަހިކުރުމުގެ އިތުރުން ވިލިމާލޭގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތަކެވެ. މިއަދު ހެނދުނު 07:00 އިން 11:00 އަށް ކުރިއަށް ގެންދިޔަ މިހަރަކާތުގައި މުނިފޫހިފިލުވުމާއި، މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން އާންމުންނާ ގުޅުން ބަދަހިކުރުމަށް ގިނަ ހަރަކާތްތަކެއް ވަނީ ހިންގާފައެވެ.

މި ހަރަކާތް ޝަރަފުވެރި ކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އެވެ. ކޮމިޝަނަރ ދެއްކެވި ވާހަކަފުޅުގައި މިފަދަ އިވެންޓުތަކުން ފުލުހުންނާއި އާންމުންނާ ދެމެދު އޮންނަ ގުޅުން ބަދަހިވެ، މުޖުތަމައު އިތުރަށް ރައްކާތެރި އަދި ދުޅަހެޔޮ މުޖުތަމައަކަށް ހެދުމަށް މަގުފަހިވެގެންދާކަމަށް ވިދާޅުވިއެވެ. އަދި މި ހަރަކާތަށް ވިލިމާލެ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި ތަރުހީބަށް ކޮމިޝަނަރ ޝުކުރު އަދާކުރެއްވިއެވެ.

މި އިވެންޓުގައި ތަފާތު އުމުރުފުރާތަކަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދެވުނެވެ. މީގެ ތެރޭގައި ކަޔަކިންގ، ވޮލީބޯޅަ މެޗުތައް، ކުޑަކުދިންގެ ވާދަމާ މުބާރާތް، އަލިފާނުގެ ރައްކާތެރިކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުން، އަދި ކުޑަކުދިންގެ އާޓް މުބާރާތްތަކާއި އެހެނިހެން މޫދު ކުޅިވަރުތައް ހިމެނެއެވެ. މީގެ އިތުރުން މަގުމަތީގެ ރައްކާތެރިކަމާއި، ސައިބަރ ކްރައިމް އާއި ކުޑަކުދިންނާ ގުޅުންހުރި މައުލޫމާތާއި، ފުލުހުން ފޯރުކޮށްދޭ އެހެނިހެން މުހިންމު ހިދުމަތްތަކާ ބެހޭ މައުލޫމާތު ދިނުންވެސް މި ހަރަކާތުގެ ތެރެއިން ކުރިއަށް ގެންގޮސްފައިވެއެވެ.

މި ހަރަކާތުގައި 800 އަށްވުރެ ގިނަ ތުއްތު ކުދިން ބައިވެރިވެފައިވެއެވެ. މި ހަރަކާތުގެ ތެރެއިން ކުރިއަށް ގެންދިޔަ ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދެއްވާފައިވަނީ ބައިވެރިވި ކުދިންގެ ބެލެނިވެރިންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު