Saturday, October 31
މިނިސްޓްރީގެ މަސައްކަތްތައް އާދިއްތަ ދުވަހު ދަރުބާރުގޭގައި ފެށޭނެ: ހައިދަރު

އަލިފާނުގެ ހާދިސާއާ ގުޅިގެން މެދުކެނޑުނު ހައުސިން މިނިސްޓްރީގެ ހިދުމަތްތަށް އާދީއްތަ ދުވަހު އަލުން ދެވެން ފެށޭނެކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއާ ވާހަކަދައްކަވަމުން ހައިދަރް ވިދާޅުވީ، އާދީއްތަ ދުވަހު އެ މިނިސްޓްރީގެ މަސައްކަތް ފެށޭނެ ކަމަށެވެ.

ހައިދަރް ވިދާޅުވީ، އެ މިނިސްޓްރީގެ ސާވާ އެއްވެސް ވަރަކަށް ސަލާމަތް ނުކުރެވުނު ކަމަށާއި، ނަމަވެސް ފްލެޓް ލިސްޓާއި، މަޝްރޫއުތަކާއި ގުޅޭ މުހިންމު މައުލޫމާތު ރައްކާ ކުރެވިފައި އެބަ ހުރި ކަަމަށެވެ.

އިއްޔެ ހެނދުނުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ދެ ތަން ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ. އަދި އެ އިމާރާތާ ކައިރީގައި ހުންނަ ގްރީން ބިލްޑިންގައި ވެސް އަލިފާން ރޯވެ ގެއްލުންތަކެއް ވިއެވެ. އެއީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ ހިންގަމުން އަންނަ އިމާރާތެވެ.

މި ތިން މިނިސްޓްރީގެ މަސައްކަތްތައް ވެސް އަލުން ފެށުމަށްޓަކައި ދަރުބާރުގޭގައި ވަގުތީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރުވަނީ ފަށައިފައި ކަމަށާއި އަދި ވީހާވެސް އަވަހަކަށް އާންމު ޚިދުމަތްތައް އަލުން ފެށުމަށް މަސައްކަތްތައް ކުރިއަށްދާކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު