އާދިއްތަ, November 1
ވަރކް ސައިޓް ރަޖިސްޓަރީ ކުރަން ހުށަހަޅާ ސެލްފް ޑިކްލަރޭޝަން ފޯމް ހުށަހެޅުން ހުއްޓާލަނީ

ވަރކް ސައިޓް ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ސެލްފް ޑިކްލަރޭޝަން ފޯމް ހުށަހެޅުން ހުއްޓާލުމަށް ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ބުނީ މިއީ އެކްސްޕެޓް ސިސްޓަމް ބޭނުންކުރާ ފަރާތްތަކަށް، ސިސްޓަމް މެދުވެރިކޮށް ފޯރުކޮށްދެވޭ ޚިދުމަތްތައް ލުއި ފަސޭހަ އަދި އަވަސް މިނެއްގައި ލިއްބައިދިނުމުގެ މަޤްޞަދުގައި ގެނައި ބަދަލެއްކަމަށެވެ.

އެގޮތުން އެކްސްޕެޓް ޕޯޓަލް އަށް ގެނެވޭ ބަދަލުތަކުގެ ތެރެއިން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީން ވަޒީފާ އަދާކުރާ ވަރކް ސައިޓް ރަޖިސްޓްރީ ކުރުމަށް ނޮޓަރައިޒްކޮށް ހުށަހަޅަންޖެހޭ ލިޔެކިއުންތަކުގެ ތެރެއިން "ވަރކް ސައިޓް ޑިކްލަރޭޝަން ފޯމް" މި ޑިސެމްބަރ 15 ވާ އާދީއްތަ ދުވަހުން ފެށިގެން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ހުށަހަޅަން ނުޖެހޭ ގޮތަށް މިހާރު ނިންމާފައިވާ ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި މި ފޯމުގެ ބަދަލުގައި ސިސްޓަމް މެދުވެރިކޮށް "ޑިޖިޓަލް ޑިކްލަރޭޝަން" އެއް ހުށަހެޅުމަށް ސިސްޓަމަށް ބަދަލު ގެނެވިފައިވާ ކަމަށްވެސް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ވަނީ އަންގާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު