Saturday, October 31
އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓުތައް ހުޅުމާލެއިން ނެގޭނެ އިންތިޒާމު ހަމަޖައްސައިފި

"އިމުގާ" މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓުތައް ހުޅުމާލެއިން ނެގުމުގެ އިންތިޒާމު ހަމަޖައްސައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިމުގާ މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓުތައް ހުޅުމާލެއިން ނެގުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި، ޕާސްޕޯޓަށް އެދި ހުުށަހަޅާއިރު، ޕާސްޕޯޓް ނަގަން ބޭނުންވާ ތަން ނުވަތަ ކަލެކްޝަން ޕޮއިންޓެއްގެ ގޮތުގައި ހުޅުމާލޭގެ ސެންޓަރުތައް ޖެހުމުން ޕާސްޕޯޓުތައް ނެގޭނެއެވެ.

ހުޅުމަާލޭގައި އިމިގްރޭޝަންގެ ޕާސްޕޯޓް ކަލެކްޝަން ސެންޓަރުތައް ގާއިމުކޮށްފައިވަނީ ފުރަތަމަ ފިޔަވަހީގައި ހުންނަ އުމަރު ޒާހިރު އޮފީހުގެ ގްރައުންޑް ފްލޯގައެވެ. މީގެއިތުރުން ދެވަނަ ފިޔަވަހީގެ ވިނަރެސް 2 ގެ ފަސްޓް ފްލޯގައެވެ.

ރާއްޖޭގެ ހުރިހާ އަތޮޅަކުން ވީހާވެސް ލުއިފަސޭހަކޮށް ދިވެހީންނަށް ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދެއްވުމަކީ ރައީސް ޑރ. މުޢިއްޒުގެ ވައުދުފުޅެކެވެ.

އެގޮތުން އިމިގްރޭޝަނުން ދަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ. އެ މުއައްސަސާގެ އަމާޒަކީ 2025 ވަނަ އަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ފެށުމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު