އާދިއްތަ, November 29
އީސީ އަށް ޢައްޔަނުކުރުމަށް ޒާހިދާއި ޞަލާޙްގެ ނަން މަޖިލީހަށް

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ހުސްވެފައިވާ ދެ މަޤާމަށް ޢައްޔަނުކުރުމަށް ދެ ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

މިގޮތުން އީސީ އަށް ޢައްޔަނުކުރުމަށް ރައިސް ފޮނުއްވާފައިވަނީ މުޙައްމަދު ޒާހިދު، ދަފުތަރު ނަންބަރު ރސ. 1548 އާއި ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ރޯޒް، ކ. ހުރާ ގެ ނަމެވެ. މީގެތެރެއިން ޒާހިދަކީ ކުރިން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) ގެ ނައިބު ރައީސްކަމާއި، ޖެންޑަރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.

އަދި ޞަލާޙަކީ އީސީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމާއި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމު އަދާކުރައްވައިފައެވެ.

އީސީގެ މެންބަރުކަމުގެ މަޤާމު ހުސްވީ އެ ކޮމިޝަންގެ ނައިބު ރައީސް ޢަލީ ނަޝާތުއާއި، އެ ކޮމިޝަންގެ މެންބަރު މުޙައްމަދު އާސިފް މެންބަރުކަމުން ވަކިކުރުމަށް މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ. މަޖިލީހުން އެގޮތަށް ނިންމީ އީސީގެ ޑޭޓާބޭސްއިން މައުލޫމާތު ނަގައި އެއިން އެޕްލިކޭޝަން ހަދައިގެން ވިއްކައި އަދި އާންމު ރައްޔިތުންގެ މައުލޫމާތު ވިއްކުންފަދަ ބޮޑެތި ތުހުމަތުތަކެއް އެ ދެ ބޭފުޅުންނަށް ކުރެވުމާ ގުޅިގެންނެވެ.

އީސީގެ މެންބަރު ޑރ. މުޙައްމަދު ޒާހިރަށް ވެސް މި ތުހުމަތުތައް ކުރެވުނެވެ. ނަމަވެސް ޒާހިރު މަގާމުން ވަކިކުރަން ފެނޭތޯ ވޯޓަށް އެހުމުން ފާސްވީ އޭނާ މަގާމުން ވަކިކުރަން ނުފެންނަ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު