Saturday, October 31
މި މަހުގައި 55 ކައުންސިލު އިދާރާ އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ: އާދަމް ޝަރީފް

މި ހިނގާ ޑިސެމްބަރު މަސް ނިމުމުގެ ކުރިން 55 ކައުންސިލު އިމާރާތުގެ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްއެމްޓީވީގެ '"ބޮޑު ޚަބަރު"' ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ ކައުންސިލު އިދާރާތައް ވަރަށް ބޮޑަށް ބާވެ، ހަލާކުވެފައި ހުރުމަކީ ކައުންސިލުތަކުގެ އެންމެ ބޮޑު ކަންބޮޑުވުން ކަމަށާއި، މިދިޔަ 15 ވަރަކަށް އަހަރު ތެރޭގައި އެކަން ހައްލުކުރަން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނެތް ކަމަށެވެ.

އެގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެއީ ކައުންސިލުތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަށްވާތީ، ދެ މަޝްރޫއުއެއް ފަށްޓަވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެއިން އެއް މަޝްރޫއުއަކީ ޗައިނާ ސަރުކާރުގެ އެހީގައި ކައުންސިލު އިދާރާތައް އިމާރަތްކުރުމަށް ފަށްޓަވާ މަޝްރޫއު ކަމަށާއި، ދެވަނަ މަޝްރޫއުއަކީ މިހާރު ޕީއެސްއައިޕީ މަޝްރޫއުތަކުގައި ހިމެނިފައިހުރި ކައުންސިލު އިދާރާތައް އިމާރަތް ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ދެ މަޝްރޫއު ނިމޭއިރު، ކައުންސިލު އިދާރާތަކުގެ 70 އިންސައްތަ މުޅިން އާވާނެ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ހުޅުމާލޭގައި ހެދި ޕެޓް ކެއަރ ފެސިލިޓީ ހުޅުވުމަށް މިދިޔަ މަހުގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނު ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި 20، 30، 40 އަހަރު ވެފައި ހުރި ކައުންސިލް އިމާރާތްތައް ފެނިވަޑައިގަތް ކަމަށެވެ.

ހަގީގަތުގައި 40 އަހަރު ވެފައިވާ ތަންތަން އެބަހުރި. މަރާމާތުވެސް ކޮށްނުލެވި. އަޅުގަނޑު އިއުލާނު ކުރި ގޮތަށް، މި އަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ އެ މަޝްރޫއު ފެށޭނެ. އަޅުގަނޑު ކަނޑައެޅީ 50 ރަށެއްގައި ކައުންސިލް އިމާރާތް އަޅައިދޭން.

މި ދައުރުގައި 120 އަށްވުރެ ގިނަ ރަށުގެ ކައުންސިލް އިމާރާތް ހަދައިދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު