ސިރީޔާގެ ވެރިކަން މި މިދިޔަ އާދިއްތަ ދުވަހު ވެއްޓުނުތާ 48 ގަޑިއިރު ނުވަނީސް އިޒްރޭލުން އެޤައުމަށް ވަރުގަދަ ހަމަލާތަކެއް އަމާޒުކޮށްފިއެވެ.
އެގޮތުން, އިޒްރޭލުން ވަނީ 250 ވައިގެ ހަމަލާ ވޭދުވެދިޔަ 48 ގަޑިއިރުތެރޭ ސީރިޔާ އަމާޒުކޮށްފައެވެ. މިދިޔަ ހޯމަދުވަހުން ފެށިގެން ދޭންފެށި ވައިގެ ހަމަލާތައް އިތުރަށް ވަރުގަދަކޮށް މިއަދު އިޒްރޭލުން ވަނީ ސިރިޔާގެ ބޯޑަރު ހުރަސްކޮށް އެއްގަމު މަގުން ވެސް ވަދެފައެވެ. ސިރިޔާގެ ސެކިއުރިޓީ އޮފިޝަލުންނާ ހަވާލާދީ ރިޕޯރޓްތައް ބުނާގޮތުގައި, ދިމިޝްގުގެ ހުނޅަގު ދެކުނުން ގާތްގަނޑަކަށް 25 ކިލޯމީޓަރ (16 މޭލު) އެތެރެއަށް އިޒްރޭލުން ވަނީ ވަދެފައެވެ.
ސިރިޔާގެ މުހިއްމު ޢިމާރާތްތަކަށް ސީދާ އަމާޒުކޮށްގެން ހަމަލާ ދެމުންގެންދާއިރު, މިހާތަނަށް ތިން އެއާޕޯޓާއި, ޕާސްޕޯރޓް އޮފީހަކާއި އަދި މިލިޓަރީ ބައެއް ޢިމާރާތްތައް ވަނީ ހަލާކޮކޮށްފައެވެ.
އިޒްރޭލުން ބުނަނީ މިއީ ނުރައްކާތެރި ހަތިޔާރުތައް ހަނގުރާމަވެރިން އަތްމައްޗައް ދޫވިޔަނުދިނުމަށް ކުރަމުންދާ މަސައްކަތެއް ކަމުގައެވެ. އިޒްރޭލުން ސިރިޔާ ހިފަން އުޅޭކަމުގެ ތުހުމަތުތަކަށް ވަކި އެއްޗެއް މިހާތަނަށް ބުނެފައި ނުވެއެވެ.
އދ. އިން ވަނީ އިޒްރޭލުގެ މިހަމަލާ ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި މިއީ ބައިނަލްއަގުވާމީ އެއްބަސްވުންތަކާ ކަނޑައެޅިގެން ހިލާފަށް ކުރަމުންދާ ކަމެއްކަމަށް ވެސް ވަނީ ބުނެފައެވެ. މީގެ އިތުރުން, އިޒްރާއީލް ގެ ހަމަލާ ކުއްވެރިކޮށް ގިނަ ޤައުމުތަކުން ދަނީ ނުރުހުންފާޅުކުރަމުންނެވެ. އޭގެ ތެރޭގައި, އިރާގާއި ސައުދީ ޢަރަބިއްޔާ އަދި ގަތަރު ހިމެނެއެވެ.
މި ލިޔުން ކިޔާލުމުން