Saturday, October 31
ދިމިޤްރާތީ މުޖުތަމަޢެއްގައި ބަޣާވާތަކަށް ޖާގައެއް ނޯންނާނެ: ޠާރިޤް
ބަޣާވާތްތަކާއި އަނީވެރިކަމަށް ބާރުއެޅުމަކީ ދިމިޤްރާތީ މުޖުތަމަޢެއްގައި ޖާގަ އޮތް ކަމެއް ނޫން ކަމުގައި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު، ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. ޠާރިޤް މިހެން ވިދާޅުވީ އެމްޑީޕީއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއަރޕަރސަން، ފައްޔާޒު އިސްމާޢީލް ދެއްކެވި ވާހަކަފުޅާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ޠާރިޤް ވިދާޅުވެފައިވަނީ ރައީސް މުޙައްމަދު އަމީންގެ ވެރިކަން ވައްޓާލައި މަރާލި ހާދިސާއަކީ ދިވެހިރާއްޖޭގެ މާޒީގެ އެންމެ އަނދިރި އެއް ދަނޑިވަޅު ކަމަށެވެ. އެ ހާދިސާ ރަނގަޅަށް ތަޙުޤީޤު ނުކޮށް، އަދުގެ ސިޔާސީ ލީޑަރަކަށް ކުރީގެ ސިޔާސީ ވެރިއެއްގެ މިސާލެއް ނުނެގޭނެ ކަމަށެވެ. އަދި، އެއްވެސް މިންގަނޑަކުން ބަލާއިރު، ހަމަ އެ އަނިޔާވެރިކަން އަލުން ތަކުރާރު ކުރުމަށް ގޮވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި ޠާރިޤް ވިދާޅުވިއެވެ. މީގެ އިތުރުން، އެމް.ޑީ.ޕީ އާއި އެ ޕާޓީގެ ލީޑާޝިޕުން މިފަދަ ޢަމަލަކަށް ތަރުހީބުދީ ހިތްވަރުދޭތަން ފެނުމަކީ ވަރަށް ބޮޑަށް މާޔޫސްވެވަޑައިގަންނަވާ ކަމެއް ކަމަށާއި، މިއީ ޒިންމާދާރު އިދިކޮޅު ފަރާތްތަކުން ޢަމަލުކުރާ ގޮތެއް ނޫން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު