Saturday, October 31
ސައިބަރ އެކްސްޕޯ 2024 އަންނަ ބުދަ ދުވަހު ފަށަނީ

ސައިބަރ އެކްސްޕޯ 2024 މި މަހުގެ 11 ވަނަ ދުވަހު ފެށުމަށް ނިންމައިފިއެވެ.

މި އެކްސްޕޯ ކުރިން ބާއްވާން ނިންނީ މި މަހުގެ 10 އިން 12 ވަނަ ދުވަހުގެ ނިޔަލަށް ނަމަވެސް، މިހާރު އެކްސްޕޯ އޮންނާނީ 11 އިން 13ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިިފައިވާ މި ސައިބަރ އެކްސްޕޯއަކީ ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާއި ފަންނީ ބޭފުޅުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެކްސްޕޯއެކެވެ. މި އެސްޕޯއަކީ އެންމެން ގުޅިގެން ރައްކާތެރި ޑިޖިޓަލް މާހައުލެއް ގާއިމުކުރުމާއި އާންމު ރައްޔިތުން ސައިބަރ ސެކިއުރިޓީއަށް އަހުލުވެރިކުރުވުމަށް ބާއްވާ އެކްސްޕޯއެކެވެ.

މި އެކްސްޕޯ ވެގެންދާނީ ސައިބަރ ސެކިއުރިޓީއަށް ބޭނުންކުރެވޭ ގެޖެޓްސްތަކާއި ސަރވިސްތައް އެއްތަނަކުން ބަލާލެވޭނެ އަދި އާއްމުކޮށް ކުރިމަތިވާ ސައިބަރ އެޓޭކްސްތަކާއި މިފަދަ އެޓޭކްސްތައް ހުއްޓުވަން ކުރެވިދާނެ ކަންކަމާމެދު މި ދާއިރާގެ ފަންނީ މާހިރުންނާ މަޝްވަރާކޮށްލަން ލިބޭނެ ރަނގަޅު ފުރުސަތަކަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު