Wednesday, November 18
ރައީސް ޑރ. މުޢިއްޒު، ގާފަރަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކ. އަތޮޅު ގާފަރަށް ވަޑައިގެންފިއެވެ. އެމަނިކުފާނު މިއަދު ހެނދުނު ގާފަރަށް ވަޑައިގެންނެވުމުން އެ ރަށުގެ ރައްޔިތުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފައެވެ.

ރައީސް ޑރ. މުޢިއްޒު ގާފަރަށް ކުރައްވާ މި ޒިޔާރަތަކީ އެމަނިކުފާނު މިހާރު އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުތަކުގެ ތެރެއިން ކުރައްވާ ޒިޔާރަތެކެވެ. މިގޮތުން މި ދަތުރުގައި އެމަނިކުފާނު ގާފަރު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގެ ތެރެއިން އިއްޔެ އެމަނިކުފާނު ވަނީ އަރިއަތޮޅު އުތުރުބުރީގެ ގިނަ ރަށްރަށަށް ޒިޔާރަތްކުރައްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު