Saturday, October 31
މި އަންނަ އަހަރު ނިމެންވާއިރަށް ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާނެ: ރައީސް

މި އަންނަ އަހަރު ނިމެންވާއިރަށް، އޭޓީއެމް ނެތް ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ބަހައްޓާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް މިއަދު ފެށްޓެވި ދަތުރުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން އއ.ތޮއްޑޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންނަށް ހަމަހަމަގޮތެއްގައި ޚިދުމަތްކުރުމުގެ ސިޔާސަތުގެ ތެރެއިން، ތޮއްޑޫގައި ތިބެގެން ޑޮލަރު ވިތްޑުރޯ ކުރެވޭނެ ގޮތް ހެދުމަށް ގަސްދުކުރައްވާ ކަމަށާއި، އެގޮތުން ޑޮލަރުގެ އޭޓީއެމްއެއް ގާއިމުކޮށްދެއްވާނެ ކަމަށެވެ.

އެހެންވީމާ، ލޯކަލް ބޭންކިންގ، ރުފިޔާ އަދި ޑޮލަރު، އެ ރަށެއްގެ ރައްޔިތުންނަށް، އެ ރަށެއްގެ އާމްދަނީން ލިބޭނެގޮތަށް ހެދުން. މި ރަށަށް ވެއްޖިއްޔާ ޑޮލަރުގެ އާމްދަނީ ވަރަށް ބޮޑަށް ލިބޭ ރަށެއްވީމާ، ޑޮލަރުގެ އޭޓީއެމްއެއް ގާއިމުކޮށްދޭނަން.

މީގެއިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ރުފިޔާގެ އޭޓީއެމް ގާއިމުކުރުމުގެ މަޝްރޫއު ފެށިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު އިއުލާނުކުރެއްވި ގޮތަށް، 2025 ގެ ތެރޭގައި، މުޅި އަހަރަށް ބަހައިލެވިގެން، ރައްޔިތުން ދިރިއުޅޭ ހުރިހާ ރަށެއްގައި، އޭޓީއެމް ގާއިމުކުރައްވާނެ ކަމަށެވެ.

އޭޓީއެމް ނެތް ހުރިހާ ރަށެއްގައި، މި އަންނަ އަހަރު ނިމެންވާއިރަށް، ބީއެމްއެލްގެ އޭޓީއެމް ބަހައްޓާނެ. އަދި ބައެއް ރަށްތަކުގައި އެމްއައިބީގެ އޭޓީއެމް ވެސް ބަހައްޓާނެ.

އޭގެ ބޭނުމަކީ، ރައްޔިތުންގެ ގެދޮރާ ކައިރިން، ދިރިއުޅޭ ތަނާ ކައިރިން ބޭންކިންގ ނިޒާމު ލިބިގެންދިޔުން ކަމަށާއި، ހަމަހަމަކަން ގެނެސްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޮންމެ ރައްޔިތަކަށްވެސް، އެ މީހަކު ހުރި ރަށަކުން އޭޓީއެމްއަކުން ލިބޭ ޚިދުމަތްތައް ލިބިގެންދިޔުން ކަމަށެވެ. އަދި އާބާދީ ބޮޑު، ތަރައްގީގެ ކަންތައްތައް ގިނަ ބައެއް ރަށްރަށުގައި ބްރާންޗްތައްވެސް ގާއިމުކުރެއްވުން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު