Saturday, October 31
ޤައުމީ ޚިދުމަތުގެ ބިލު އެކުލަވާލުމަށް މަޝްވަރާތައް ފަށައިފި

ޤައުމީ ޚިދުމަތުގެ ބިލު އެކުލަވާލުމަށްޓަކައި ކަމާއި ގުޅުންހުރި އިދާރާތަކާއިއެކު މަޝްވަރާތައް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން މިއަދު ފަށައިފިއެވެ.

މިގޮތުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމް.އެން.ޑީ.އެފް) އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސް ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް އަމާޒުކޮށްގެން ބޭއްވުނު ފުރަތަމަ މަޝްވަރާ ބައްދަލުވުން މިއަދު ވަނީ އެ ވުޒާރާގައި ކުރިއަށް ގެންގޮސްފައެވެ.

މި މަޝަވަރާތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން، ތަޢުލީމީ ދާއިރާގައި ނުވަތަ ވަޒީފާގެ މައިދާނުގައި ހަރަކާތްތެރިނުވާ ޒުވާނުންނަށް އަމާޒުކޮށްގެން ލާޒިމު ޤައުމީ ޚިދުމަތެއް ތަޢާރަފުކުރުމުގެ މަސައްކަތުގެ ތެރެއިން ފެށިގެންދިޔަ މަޝްވަރާ ބައްދަލުވުންތަކެކެވެ.

ކިޔަވާ ނިމިގެން ނުވަތަ ގްރޭޑް 7 އާ ހަމައަށް ވިޔަސް ނިންމުމަށްފަހު ކިޔެވުމުގެ އިތުރު މަރުޙަލާއަކަށް ނުގޮސް، ކިޔެވުމުގެ އިތުރު ފުރުސަތެއް ނުލިބި އަދި ވަޒީފާއެއް އަދާނުކުރާ، 16 އަހަރުވެފައިވާ ކުދިން، ޤައުމީ ދިފާޢީ ބާރުގެ ރެކްރޫޓްމަންޓް ޕްރޮގްރާމްގައި ބައިވެރިވުން މަޖުބޫރުވާގޮތަށް ޤާނޫނެއް އެކުލަވާލައްވައި، ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމެއް 2025 ވަނަ އަހަރުން ފެށިގެން ކުރިޔަށް ގެންދެވުމަށް 4 ނޮވެންބަރ 2024 ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިރުޝާދު ދެއްވާފައިވާ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު