Saturday, October 31
ބުޅާތަކެއްގެ ގަޔަށް ބަޔަކު ސްޕްރޭ ޖަހައިފި

މާލޭގައި އުޅޭ ބުޅާތަކެއްގެ ގަޔަށް ބަޔަކު ސްޕްރޭ ޖެހުމުން އެ އެއްޗެހީގެ ހައްގުގައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފެލީން ވެލްފެއާ އޯގަނައިޒޭޝަނުން ރޭ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ ސްޕްރޭކޮށްފައިވާ ބުޅާތަކުގެ ފޮޓޯ ހިއްސާކޮށްފައެވެ. އެ ފޮޓޯތަކުން ފެންނަނީ މާލޭގެމެރީ ބްރައުން ކުރިމަތީގެ ޕާކިން ޒޯނުގައި އުޅޭ ބުޅާތަކެއްގެ ގަޔަށް ބަޔަކު ނޫ ކުލައިގެ ސްޕްރޭއެއް ޖަހާފައިވާ ފޮޓޯތަކެކެވެ. އެޖަމްއިއްޔާއިން ވަނީ އެކަން ކުށްވެރިކޮށްފައެވެ. އެ ޖަމްއިއްޔާއަކީ އެ ސަރަހައްދުގައި އުޅޭ ބުޅާތަކަށް ގަވާއިދުން ކާންދީ، ބަލަހައްޓާ އަދި ބޭނުންވާ އެހެން ކަންކަން ވެސް ހަމަޖައްސައިދޭ ޖަމްއިއްޔާއެކެވެ.

އެ ޖަމްއިއްޔާއިން ވަނީ އެއީ އަނިޔާ ވެރި އަމަލެއް ގެ ގޮތަށް ސިފަކޮށްފައެވެ. ބުޅާތަކަށް ޖަހާފައިވާ ސްޕްރޭ ގައި ހުންނަ ކެމިކަލުން އެ އެއްޗެހި ނުރައްކަލަށް ހުށަހެޅޭކަން އެޕޯށްޓްގައި ވަނީ ފާހަގަކޮށްފައެވެ.

މި އަމަލުތައް ކުށްވެރިކޮށް، ފެލީން ޖަމިއްޔާ އިން ބުނީ ބުޅާތަކަށް އަނިޔާކުރާ މައްސަލައެއް ފާހަގަވެއްޖެ ނަމަ އެކަން ރިޕޯޓްކޮށް ދިނުމަށް އެދޭ ކަމަށެވެ.

މާލެ ސަރަހައްދުގެ މަގުމަތީގައި ބުޅާ ގިނަވެ، އާންމުންނަށް އުނދަގޫވާން ފެށުމުން މާލޭ ސިޓީ ކައުންސިލާއި ސަރުކާރު ގުޅިގެން ވަނީ ހުޅުމާލޭގައި އޮޅުހިޔާ ގެ ނަމުގައި ބުޅާތަކަށް ހާއްސަ ފެސިލިޓީއެއް ހަދައިފަ އެވެ. އެހެން ނަމަވެސް، މަގުމަތީގައި އުޅޭ ބުޅާތައް އެތަނަށް ގެންދަން އަދި ނުފަށަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު