Saturday, October 31
މުޒާހަރާކުރި ބިދޭސީންގެ ޙައްޤު ގެއްލިފައިވޭތޯ ބަލަނީ

މުސާރަ ނުދޭ ކަމަށް ބުނެ ގްރީންޒޯންގައި މިއަދު މުޒާހަރާކުރި ބިދޭސީންގެ ހައްގުތައް ގެއްލިފައިވޭތޯ ބެލުމުގެ މަސައްކަތް ރިލޭޝަންސް އޮތޯރިޓީ ން ބަލަން ފަށައިފި އެވެ.

ގްރީންޒޯންގައި މިއަދު އިހުތިޖާޖު ކުރަމުންދިޔަ 55 ބިދޭސީން މިހާރުވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަޙީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން މިވަގުތު ބަލަމުންދާކަމަށެވެ. އަދި މި ބިދޭސީންނާ މެދު އަޅަންޖެހޭ ފިޔަވަޅެއް އަޅާނީ މައްސަލަ އެއްކޮށް ތަހުގީގުކޮށް ނިމުމުން ކަމަށެވެ.

" މި ބިދޭސީންގެ ހައްގުތަކެއް ގެއްލިފައިވާކަމަށް އެފަރާތްތަކުން ބުނަމުންދާތީ، މިވަގުތު ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ބޭފުޅުންވެސް ދަނީ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ހަރަކާތްތެރިވަމުން" ޝަމްޢާން ވިދާޅުވިއެވެ.

. އިމިގްރޭޝަނުން ދޫކޮށްފައިވާ ހުއްދައިގެ ދަށުން ރާއްޖޭގައި އުޅޭ އެއްވެސް ފަރާތަކަށް ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފުވާކަށް ފުރުސަތެއް ނުދެވޭނެ. އަދި އެފަދަ ފަރާތްތާއިމެދު އިމިގްރޭޝަން ޤާނޫނުގެ ދަށުން ޢަމަލު ކުރެވޭނެ.

ފުލުހުން ބުނީ ފުލުހުން ބުނީ މުޒާހަރާ ކުރީ އިންޑިއާއަށް ނިސްބަތްވާ 38 މީހުންނާއި، ބަންގްލަދޭޝް އަށް  ނިސްބަތްވާ 17 މީހުންކަމަށެވެ.

މި މީހުން މުޒާހަރާކުރީ މުސާރަނުދޭކަމަށް ބުނެވެއެވެ. އެހެން ނަމަވެސް މިއީ ކޮންތަނެއްގައި މުޒާހަރާކުރާ ބައެއްކަން އަދި އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު