އާދިއްތަ, November 1
އެއްވެސް ތަފާތުކުރުމެއްނެތި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމީ ފުރުސަތު ހޯދައިދޭނަން: ރައީސް

އެހެން ކުދިންނެކޭ އެއްވެސް ތަފާތުކުރުމެއްނެތި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވެސް ތައުލީމީ ފުރުސަތު ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.

މާފަންނު މަދަރުސާއަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އާ ކޮންސެޕްޓެއްގައި ސެން ޓީޗަރުން ތަމްރީނު ކުރުމުގެ އާ ޕްރޮގްރާމެއް ފެށުމަށް އެޑިޔުކޭޝަން މިނިސްޓްރީން ތައްޔާރުވަމުންދާ ކަމަށެވެ. އަދި ހުރިހާ ޓީޗަރުންނަކީ ވެސް އެ ދާއިރާއިން ތަމްރީނު ލިބިފައިވާ ޓީޗަރުންނަށް ހެދުމަށާއި، ޚާއްސަކޮށް، އެ ދާއިރާގެ ޓީޗަރުން އުފެއްދުމުގެ މަސައްކަތް އެކުއެކީގައި ކުރިއަށްދާނެ ކަމަށެވެ.

މިކަމުގައި ޝައުގުވެރިކަން ފާޅުކުރާ ހުރިހާ ފަރާތްތަކަކަށް ފުރުސަތުދީގެން، އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތަނުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އިންކްލޫސިވް ގޮތެއްގައި ހަމަ އެއްވެސް ތަފާތެއް ނުގެނެސް، ތައުލީމީ ފުރުސަތު ހޯދައިދިނުމުގައި އަޅުގަނޑުމެންގެ މެނިފެސްޓޯގައި ކަނޑައަޅާފައި އޮތް ގޮތަށް، އެ ސިޔާސަތު ތަންފީޛު ކުރުމަކީ އަޅުގަނޑު ހަމަ އެންމެ ބޭނުންވާ ގޮތް. އެގޮތަށް އެކަންތައް އިރާދަކުރެއްވިއްޔާ ކޮށްދެވޭނެ ކަމަށް އަޅުގަނޑު ޔަގީންކުރަން.

ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނު މޭޔަރަކަށް ހުންނެވިއިރުގައި މާފަންނު މަދަރުސާގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވަރަށް ލޯތްބާއި ކުލުނާ އެކީގައި އެހީތެރިކަން ދެމުންދާ ތަން ފެނިގެންދިޔަ ކަމަށެވެ.

އެހެންކަމުން ޓީޗަރުންނަށް ތަމްރީނު ލިބިގެންދިއުމުން އެ ކުދިންނަށް ދެވޭނެ އެހީތެރިކަމާއި، ތައުލީމު ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު