Saturday, October 31
އަޙްމަދު ޢަބްދުﷲ ގެ މަރު: އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ތިނަދޫ ހޮސްޕިޓަލަށް ހަށިގަނޑު ގެންގޮސްފި

ގއ.ދާންދޫގައި މަރުވެފައި އޮއްވާ ފެނުނު ޒުވާނާގެ މަރާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ގދ.ތިނަދޫ ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

މިއަދު ހެނދުނު 8:10 ހާއިރު އަޙްމަދު ޢަބްދުﷲ ދާންދޫ ފެނަކަ ބްރާންޗު ހުޅަނގު ފަރާތު މަގުމައްޗަށް ވެއްޓިފައި އޮއްވާ ފެނިފައިވަނީ ދާންދޫ/ނަގަހެލަ، އުމުރުން 33 އަހަރުގެ އަޙްމަދު ޢަބްދުﷲ އެވެ.

އެ މައްސަލަ ރިޕޯޓުކޮށްފައިވާކަން ފާހަގަކޮށް، ފުލުހުން ބުނެފައިވަނީ ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފައި ކަމަށް ހެލްތު ސެންޓަރުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ދާންދޫ ކައުންސިލުގެ ރައީސް މުޙައްމަދު އާސިފް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަޙްމަދު ޢަބްދުﷲ ގެ މަރާ ގުޅިގެން އިތުރަށް ބަލަންޖެހޭ ބެލުންތައް ބެލުމަށް މިހާރު ތިނަދޫ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އޭނާގެ ހަށިގަނޑު ތިނަދުއަށް ގެންދިޔައީ ފުލުހުންގެ ލޯންޗެއްގައެވެ.

އަޙްމަދު ޢަބްދުﷲ ގެ މަރުގެ ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނެފައިވަނީ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު