Saturday, October 31
މުލިއާގެ ކައިރިއަށް ބިދޭސީންތަކެއް އެއްވެ ހިތްހަމަނުޖެހުން ފާޅުކޮށްފި

މުސާރަ ނުދޭ ކަމަށް ބުނެ މުލިއާގެ ކައިރިއަށް ބިދޭސީންތަކެއް އެއްވެ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ފުލުހުން މީޑީއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ، ބިދޭސީންތަކެއް މުލިއާގެ ކައިރިއަށް އެއްވެ ހިތްހަމަނުޖެހުން ފާޅުކުރި މައްސަލައާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް އެޓެންޑްވެފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި އެމީހުން މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

އެއީ އިންޑިއާގެ 38 މީހުންނާއި ބަންގްލަދޭޝްގެ 17 މީހުންނެވެ.

މައޫލޫމާތު ލިބޭގޮތުގައި އެ ބިދޭސީންނަކީ ކޮންސްޓަރަކްޝަން ކުންފުނިތަކުގައި މަސައްކަތްކުރާ ބަޔެކެވެ. އެ މީހުންނަށް މުސާރަ ނުދޭތާ ވީ ކިހާ ދުވަހެއް ކަމެއް އަދި މިހާތަނަށް އެނގިފައެއް ނުވެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު