Saturday, October 31
ދާންދޫ ފަޅު ގެއެއްގެ ތެރޭގައި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގއ.ދާންދޫ ފަޅު ގެއެއްގެ ތެރޭގައި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

'"ސަބަބު"' ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުން، މަރުވެފައި އޮއްވާ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ފެނިފައިވަނީ ގއ. ދާންދޫ/ނަގަހެލަ، އުމުރުން 33 އަހަރުގެ އަޙްމަދު ޢަބްދުﷲ އެވެ.

އޭނާއަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގައި ވަޒީފާ އަދާކުރަމުން އައި މީހެކެވެ. އޭނާ މަރުވެފައި އޮތީ ދާންދޫ ފެނަކަ އިންޖީނުގެއާ މާ ދުރު ނޫން ހިސާބެއްގައި ހުރި ފަޅު ގެއެއްގައެވެ.

އޭނާގެ ހަށިގަނޑު މިހާރު ވަނީ އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންގެ އޮފިޝަލަކު '"ސަބަބު"' އަށް ވިދާޅުވީ މިއަދު ހެނދުނު 8:10 ހާއިރު އަޙްމަދު ޢަބްދުﷲ ދާންދޫ ފެނަކަ ބްރާންޗު ހުޅަނގު ފަރާތު މަގުމައްޗަށް ވެއްޓިފައި އޮތްކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފައި ކަމަށް ހެލްތު ސެންޓަރުން މައުލޫމާތު ދީފައިވާ ކަމަށާއި، މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު