Saturday, October 31
ރަސްފަންނުން ވިހަ ކޯން ސްނެއިލް ފެންނާތީ ސަމާލުވާން އެދެފި

ރަސްފަންނު މޫދު ސަރަހައްދުން ވިހަ ބާވަތެއް ދިރޭ އެއްޗެއް ކަމަށްވާ ކޯން ސްނެއިލް ފެންނާތީ ސަމާލުވުމަށް އެދިއްޖެއެވެ.

އޯޝަނަހޮލިކް މޯލްޑިވްސް އިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރަސްފަންނުގައި ހަވީރާއި ރޭގަނޑު މޫދަށް އެރި އުޅޭއިރު ސަމާލުކަންދިނުމަށް އެދޭ ކަމަށެވެ. ކޯން ސްނެއިލް އަކީ އާންމުކޮށް އިރުއޮއްސޭ ވަގުތު ބިމުގެ މައްޗަށް އަންނަ އެއްޗެއް ކަމަށެވެ. އެހެންކަމުން، ޚާއްޞަކޮށް ކުޑަކުދިން، މޫދުގައި އުޅޭ ވަގުތު މޫދުގައި އަރައި ފައިވާނަށް އެރުމާއި، ހުސް ފައިގައި ނުހިނގުމަށް އޯޝަނަހޮލިކް މޯލްޑިވްސް އިން ވަނީ އިލްތިމާސްކޮށްފައެވެ.

އޭގެ ސައިޒާއި ބާވަތަށް ބަލާފައި ކޯން ސްނެއިލް އަކީ ވަރަށް އުނދަގޫ އަދި ވިހަ އެއްޗެއް ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު