އާދިއްތަ, November 1
އާސަންދަ ސްކީމްގެ ދަށުން އެއްވެސް ބޭހެއް ކަވަރު ކުރުން ހުއްޓައެއް ނުލާ

އާސަންދަ ސްކީމްގެ ދަށުން އެއްވެސް ބޭހެއް ކަވަރު ކުރުން ހުއްޓާ ނުލާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އާސަންދަ އިން އެކްސްގައި ރޭ ނެރުނު އެންގުމެއްގައި ބުނެފައި ވަނީ އާސަންދަ ސްކީމްގެ ދަށުން އެއްވެސް ބޭހެއް ކަވަރު ކުރުން ހުއްޓާ ނުލާ ކަމަށާއި، ކުރިއެކޭ އެއްގޮތަށް މިހާރުވެސް އާސަންދަ ސްކީމްގެ ދަށުން ބޭހަށް ކަވަރޭޖް ލިބޭނެ ކަމަށެވެ.

ސްކީމުން ކަވަރު ކުރާ ބޭސްތަކާއި އެ ބޭސްތަކަށް ސްކީމުން ކަވަރުކުރާ މިންވަރު، އާސަންދަ ވެބްސައިޓުގެ "ޑައުންލޯޑްސް، ސެކްޝަނުގައިވާ "މާސްޓާރ މެޑިސިން އެންޑް ކޮންސިއުމަބްލްސް ލިސްޓް" އިން ފެންނަން ހުންނާނެ ކަމަަށާއި، ސްކީމުން ކަަވރު ނުކުރާ ހިދުމަތަކާއި ގުޅިގެން ދޭ ބޭހެއް ނަަމަ "ނޮކް ކަވާޑް" ބޭސް ސިޓީގައި ލިޔެފައި އޮންނާނެ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

އަދި ސްކީމުން ކަަވަރުކުރާ ބޭހެއް، ސްކީމްގެ ދަށުން ހިދުމަތް ފޯރުކޮށްދޭ ބޭސްފިހާރައަކުން ގަންނަން ޖެހިއްޖެނަމަ، ޝިކާވަތި ޗެޓްލައިން 7951400 އަށް ވައިބަރ ނުވަތަ ވަަޓްސްއެޕް މެސެޖް މެދުވެރިކޮށް ރިޕޯޓް ކުރެވޭނެ ކަަމަށްވެސް ބުނެފައި ވެއެވެ.

 

 

 

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު