Saturday, October 31
ގަވައިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީންތަކެއް އަތުލައިގެންފި

މާލޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އިތުރު ބިދޭސީންތަކެއް އިމިގްރޭޝަނުން އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އިއްޔެ ހަވީރު މާލޭގައި ކުރިއަށް ގެންދިޔަ ރެއިޑު އޮޕަރޭޝަނުގައި ކެފޭ/ރެސްޓޯރެންޓު ހިންގާ 10 ތަނެއް ބަލައި ފާސްކޮށް، 7 ބިދޭސީން އަތުލައިގެންފައިވާ ކަމަށެވެ.

މި ސަރުކާރުން އަންނަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހައްޔަރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މުޑުދާރުކޮށް ކާބޯތަކެތި ތައްޔާރުކުރަމުންދާ ބިދޭސީންގެ މަސައްކަތްތައް ހުއްޓުވައި ގަވައިދާ ހިލާފަށް ކުރަމުންދާ ވިޔަފާރިތައް ދަނީ ބަންދުކުރަމުންނެވެ.

އިމިގްރޭޝަނުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މި ފެށި އޮޕަރޭޝަނުގައި ވަނީ ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގަނެފައެވެ.

އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިހާތަނަށް 4،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު