Saturday, October 31
ސައިބަރ އެކްސްޕޯ 2024 ބޭއްވުމަށް ފަހުމުނާމާގައި ސޮއިކޮށްފި

ސައިބަރ އެކްސްޕޯ 2024 ބޭއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި ފަސް ފަރާތަކާ ދެމެދު ފަހުމުނާމާތަކުގައި ސޮއިކޮށްފިއެވެ.

އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މި ފަހުމުނާމާތަކުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް، ޢަލީ ޝުޖާޢުއެވެ.

މި އެކްސްޕޯގެ ބްރޯންޒް ޕާޓްނަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރ ހުސައިން ނައުފަލްއެވެ. ބޭންކިންގ ޕާޓްނަރ، މޯލްޑިވްސް އިސްލާމިކް ބެންކުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ އަޙްމަދު ރިޟާއެވެ. މީޑިއާ ޕާޓްނަރ، ޕަބްލިކް ސާވިސް މީޑިއާގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސަޢީދުއެވެ. ޓެލެކޮމިއުނިކޭޝަން ޕާޓްނަރ، ދިރާގުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިސްމާއީލް ރަޝީދުއެވެ. އަދި ކޭޓަރިންގ ޕާޓްނަރ، ޕާކްސައިޑްގެ ފަރާތުން ސޮއިކުރެއްވީ ޕާކްސައިޑްގެ ވެރިޔާ އަލީ ތައުފީޤްއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ޑިސެންބަރު މަހުގެ 11 އިން 13 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިިފައިވާ މި ސައިބަރ އެކްސްޕޯއަކީ ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާއި ފަންނީ ބޭފުޅުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެކްސްޕޯއެކެވެ. މި އެސްޕޯއަކީ އެންމެން ގުޅިގެން ރައްކާތެރި ޑިޖިޓަލް މާހައުލެއް ގާއިމުކުރުމާއި އާންމު ރައްޔިތުން ސައިބަރ ސެކިއުރިޓީއަށް އަހުލުވެރިކުރުވުމަށް ބާއްވާ އެކްސްޕޯއެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު