Saturday, October 31
ގަލޮޅު ސަހަރާގެ ބައެއް ސަރަހައްދުތަކުގައި ހުރި ގަބުރުތައް ނަގަނީ

ގަލޮޅު ސަހަރާގެ ބައެއް ސަރަހައްދުތަކުގައި ހުރި މަހާނަ ގާތައް ނަގަން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ގަލޮޅު ސަހަރާގައި ކުރަމުން ގެންދާ މަސައްކަތްތަކަކާ ގުޅިގެން، އެ ސަހަރާގެ ހުޅަނގު އުތުރު ފަރާތު ސަރަހައްދާއި އިރު ދެކުނު ފަރާތު ސަރަހައްދުގައި ހުރި ގަބުރު ކަށިތައް ( މިނި ކަށިތައް ) ނަގަން ބޭނުންވާތީ، އެ ސަރަހއްދުތަކުގައި ހުރި މަހާނަ ގާތައް ނަގަން ބޭނުންވާ ކަމަށެވެ.

އެހެންކަމުން އެ ސަރަހައްދުތަކުގައި ހުރި މަހާނަ ގާތައް ޖަހާފައިވާ ފަރާތްތަކުން، އެ ގާތައް ނަގައިގެން ގެންދަން ބޭނުންވާނަމަ، ސިޓީ ކައުންސިލާ ގުޅިގެން 15 ޑިސެމްބަރުގެ ކުރިން އެކަން ކުރިއަށް ގެންދިއުމަށް ވަނީ އެދިފައެވެ.

އެ މުއްދަތުގެ ކުރިން އެ މަހާނަ ގާތައް ނުގެންދާނަމަ، އެ އިދާރާގެ ފަރާތުން ނެގުމަށްފަހު އެ ގާތައް ނައްތާލެވޭނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ގަލޮޅު ސަހަރާގައި މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ސިޓީ ކައުންސިލުން ބުނި ނަމަވެސް އެއީ ކޮން މަސައްކަތެއް ކަމެއް ހާމައެއްނުކުރެއެވެ.

މާލެ ސިޓީ ކައުންސިލުން އަންނަނީ މާފަންނު ސަހަރާގެ ހުރިހާ މަހާނަ ގާތަކާއި، މިނިކަށިތައް ނަގައި އެ ބިން ހުސްކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެ ސަހަރާ ހުސްކުރަނީ އެ ތަނުގައި ޕާކިންގ ބިލްޑިންގއެއް ތަރައްގީކުރުމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު