ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަަގްސް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިޢުލާންކޮށްފިއެވެ.
ފުލުހުން ހޯދަމުންދަނީ މުސްލިމް ޢަބްދުﷲ، ދަފްތަރު. ނަންބަރު ދރ 2840 / މާލެ (25އ) އެވެ. ފުލުހުން ބުނީ އޭނާ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާ ކަމަށެވެ.
ފުލުހުން ބުނީ އޭނާ ހޯދަމުންދަނީ މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ސުވާލުކުުރުމަށް ކަމަށެވެ. އަދި ފުލުހުން ވަނީ، 2024 ޑިސެމްބަރު 12 ވަނަ ދުވަހުގެ 14:00 އަށް ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ހާޒިރުވުމަށް އޭނާއަށް އަންގައިފައެވެ.
މި ލިޔުން ކިޔާލުމުން