އާދިއްތަ, November 29
ޞިއްޙީ ދާއިރާގެ ލަނޑުދަނޑިތައް ހާސިލުކުރުމާ ގުޅޭގޮތުން ތުރުކީގެ އަޖެބާދެމް ކުންފުންޏާއެކު މަޝްވަރާކޮށްފި

ތުރުކީވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ތުރުކިޔޭގެ ޞިއްޙީ ދާއިރާގައި އެންމެ ފުޅާކޮށް ޚިދުމަތް ދެމުންގެންދާ ކުންފުންޏެއް ކަމަށްވާ އަޖެބާދެމް ހެލްތު ކެއަރ ގްރޫޕްގެ އިންޓަރނޭޝަނަލް ބިޒްނަސް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް، މިސްޓަރ މުސްތަފާ ކަރަދެދޭ އާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި އަޖެބާދެމް ކުންފުނީގެ ތަޖުރިބާގެ އަލީގައި ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާގެ ލަނޑުދަނޑިތައް ޙާޞިލްކުރުމުގައި ދިވެހިރާއްޖޭގެ ކަމާބެހޭ އިދާރާތަކާއި އަޖެބާދެމް އާ ގުޅިގެން މަސައްކަތްކުރުމަށް ޝައުޤުވެރިކަން ފާޅުކުރެވުނެވެ.

އަޖެބާދެމް ހެލްތު ކެއަރ ގްރޫޕަކީ ތުރުކިޔޭގައި 24 ހޮސްޕިޓަލާއި، 15 މެޑިކަލް ސެންޓަރު ހިންގުމުގެ އިތުރުން ދުނިޔޭގެ ފަސް ޤައުމެއްގައި ޞިއްޙީ ޚިދުމަތް ދެމުންގެންދާ ކުންފުންޏެކެވެ.

މި ބައްދަލުވުމުގައި ސަފީރުގެ އަރިހުގައި ތުރުކިޔޭގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސަޑަރ، ޢަބްދުލްވާރިޘް ސައީދު އާއި އެމްބަސީގެ ފަސްޓް ސެކްރެޓަރީ، އާމިނަތު ޝަޒްލީ ސަލީމް ބައިވެރިވެވަޑައިގަތެވެ.

ތުރުކިޔޭގެ ވެރިރަށް އަންކާރާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ބޭއްވުނު ބައްދަލުވުމުގައި އަޖެބާދެމް ހެލްތު ކެއަރ ގްރޫޕްގެ އިންޓަނޭޝަނަލް ބިޒްނަސް ޑިޕާޓްމަންޓްގެ މެނޭޖަރު، މިސް ސިބާ ކާރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު