Saturday, October 31
އެމް.ކިޔު.އޭގެ ޕުރޮގުރާމު އެކްރެޑިޓޭޝަން ގައިޑްލައިން އިޞްލާޙުކޮށްފި

މޯލްޑިވިސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން 16 މޭ 2022 ޝާއިޢުކޮށްފައިވާ "ގައިޑްލައިންސް ފޮރ ޕްރޮގްރާމް އެކްރެޑިޓޭޝަން" އަށް، ދެވަނަ އިޞްލާޙު ގެނެސްފިއެވެ.

އެމް.ކިޔު.އޭ އިން އިއްޔެ ކުރި އިޢުލާނެއްގައިވާ ގޮތުން "ގައިޑްލައިންސް ފޮރ ޕްރޮގްރާމް އެކްރެޑިޓޭޝަން" ގެ 3.1 އަށް ގެނެސްފައިވާ އިޞްލާޙުގައި، 50 އިންސައްތަ "ކޮންޓްރޯލްޑް އެސެސްމަންޓް" ގައި ހިމެނޭ ކޮންމެ ބަޔަކުން ފާސްވުމަށް ލާޒިމުކޮށްފައިވެއެވެ. އަދި މިފަދަ އެސެސްމެންޓްތައް ކުރިއަށްގެންދަން ވާނީ "ގައިޑްލައިންސް ފޮރ ޕްރޮގްރާމް އެކްރެޑިޓޭޝަން" ގައި އަންގާފައިވާ ގޮތަށެވެ.

އެހެންކަމުން، މަތީ ތަޢުލީމު ދޭމަރުކަޒުތަކަށް ކުރިން އެޕްރޫވަލް ދީފައިވާ ޕްރޮގްރާމްތަކާއި އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގައި، "ގައިޑްލައިންސް ފޮރ ޕްރޮގްރާމް އެކްރެޑިޓޭޝަން" އަށް ގެނެސްފައިވާ ބަދަލާ އެއްގޮތަށް ޢަމަލުކުރުމަށް އެ އޮތޯރިޓީން ވަނީ އަންގައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު