Saturday, October 31
ޑްރަގުގެ މައްސަލައަށް ހައްލު ހޯދުމުގެ އިޚުލާސްތެރި ނިޔަތެއް ރައީސް ޑރ.މުޢިއްޒުގެ އެބައޮތް: މަމްދޫޙް

ޒަމާނުން ފެށިގެން ދިމާވެފައި އޮތް މި ޑްރަގުގެ ބޮޑު މައްސަލައަށް ހައްލު ހޯދުމުގެ އިޚުލާސްތެރި ނިޔަތެއް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެބަ އޮތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ވިދާޅުވެއްޖެއެވެ.

މަމްދޫޙް މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު ހުށަހަޅުއްވާފައިވާ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މިއަދު ބަހުސްކުރައްވަމުންނެވެ.

މި ގާނޫނަށް ސަރުކާރުގެ ފަރާތުން މުހިންމު ގިނަ އިސްލާތަކެއް ހުށަހެޅިގެން ހަގީގަތުގައި ދިޔައިމަ އަޅުގަނޑުމެންނަށް ޔަގީންވެ ކަށަވަރުވާ ކަމަކީ ދިވެހިރާއްޖެއަށް ޒަމާނުން ފެށިގެން ދިމާވެފައި އޮތް މި ޑްރަގުގެ ބޮޑު މައްސަލައަށް ހައްލު ހޯދުމުގެ އިޚުލާސްތެރި ނިޔަތެއް މިއަދު ސަރުކާރުގައި އެބަ އޮތްކަން. އަދުގެ ރައީސުލްޖުމްހޫރިއްޔާގެ އެބަ އޮތްކަން.

މަމްދޫޙް ވިދާޅުވީ 2011 ވަނަ އަހަރު މި ގާނޫނު
ވުޖޫދުވި ފަހުން ގާނޫނަށް ގެނެވިފައި އޮތީ 2015 ވަނަ އަހަރު ގެނެވުނު ދެ އިސްލާހެއް އެކަނި ކަމަށާއި، އިތުރު އެއްވެސް އިސްލާހެއް މި ގާނޫނަށް ގެނެވިފައެއް ނެތް ކަމަށެވެ.

މަމްދޫޙް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަންޖެހޭ ގޮތަށް މިއަދާ ހިސާބަށް އައިއިރު ވެސް އެއްވެސް ސަރުކާރަކަށް ކުރެވިފައެއް ނެތް ކަމަށެވެ.

ކުރެވިފައި ނެތީމަ އަޅުގަނޑުމެންނަށް މި މައްސަލަ ބޮޑުވަމުން ބޮޑުވަމުން އައިސް މިއަދާ ހިސާބަށް އައި އިރު އަތުން އެއްކޮށް މައްސަލަ ދޫވާ ހިސާބަށް މައްސަލަ މި އޮތީ ބޮޑުވެފައި.

ނަމަވެސް ސަރުކާރުގެ ފަރާތުން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާ އެކީގައި ވަށާޖެހޭ ގޮތަކަށް މި މައްސަލައަށް ހައްލު ގެނައުމަށް މަސައްކަތް ފެށިގެންދާނެ ކަމަށް މަމްދޫޙް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު