Saturday, October 31
ހުޅުމާލޭ ފަޅުތެރެއިން ފެނުނު މީހާގެ ހަށިގަނޑު ޢާއިލާއާ ހަވާލުކޮށްފި

އިއްޔެ ހުޅުމާލޭ ފަޅުތެރޭގައި ޚަބަރު ހުސްވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ޢާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ހުޅުމާލޭ ފަޔަރ ސްޓޭޝަންއާ ދިމާއިން ފަޅުތެރެއިން ޚަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ފުލުހުން ވަނީ އެމީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި، ހުޅުމާލޭ ހޮސްޕިޓަލަށް އެ މީހާ ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ނިޔާވެފައި އޮއްވާ ފެނިފައިވަނީ މ. މަޑުއްވަރީ، ކޮކޮނަޓް ވިލާ، އިބްރާޙީމް ޖަނާޙް މުޙައްމަދު (36 އ.) އެވެ. މީގެ އިތުރުން، ތަޙުޤީޤުގެ ތެރެއިން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު އެމީހާގެ ހަށިގަނޑު ޢާއިލާއާ ރޭ ހަވާލުކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މާލޭ ގެއެއްގެ ތެރޭގައިވެސް މިއަދު ހަބަރު ހުސްވެފައި މީހަކު އޮތްކަމުގެ މަޢުލޫމާތު ލިބިގެން އައި.ޖީ.އެމް.އެޗް އަށް ގެންގޮސްފައިވެއެވެ. އަދި އެމީހާވެސް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު