Saturday, October 31
ވިއްސާރައިގައި ލިބުނު ގެއްލުމުގެ އަގު 1.1 މިލިއަނަށްވުރެ އިތުރު: އެންޑީއެމްއޭ

މިދިޔަ ދުވަސްތަކުގައި ރާއްޖެއަށް ކުރި ވިއްސާރައިގައި ލިބުނު ގެއްލުންތަކުގެ އަގު 1.1 މިލިއަން ރުފިޔާއަށް އަރާ ކަަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފިއެވެ.

މިދިޔަ ދުވަސްތަކުގައި ކުރި ވިއްސާރައިގައި ލިބުނު ގެއްލުންތަކުގެ މައުލޫމާތު އާންމުކޮށް، އެންޑީއެމްއޭއިން ބުނީ ނޮވެމްބަރުގެ ނިޔަލަށް ވިއްސާރައިގައި ގެއްލުން ލިބިގެން ރިޕޯޓުކޮށްފައިވަނީ 10 ރަށަކުން ކަމަށާއި، އެގޮތުން އެ ރަށްތަކުން 110 ގެއަށް އެކިވަރުގެ ގެއްލުން ލިބިގެން ފޯމު ހުށަހެޅި ކަމަށެވެ.

ގެއްލުން ލިބުނު ގެތަކުގެ އަދަދު:

ދ.ބަނޑިދޫ 2 ގެ
ދ.ހުޅުދެލި 1 ގެ
ގދ.މަޑަވެލި 3 ގެ
ހދ.ނެއްލައިދޫ 1 ގެ
ނ.މާފަރު 1 ގެ
ރ.ރަސްމާދޫ 1 ގެ
ސ.ފޭދޫ 2 ގެ
ޅ.ކުރެންދޫ 97 ގެ
ސ.ހުޅުދޫ 1 ގެ
ސ.މަރަދޫފޭދޫ 1 ގެ

އެންޑީއެމްއޭއިން ބުނީ ހާދިސާތަކާ ގުޅިގެން ހިފައި ގެންގުޅޭ ތަކެއްޗަށާއި، އިމާރާތަށް ލިބުނު ގެއްލުމުގެ ޖުމްލަ އަގު 1.1 މިލިއަނަށްވުރެ އިތުރަށް އަރާ ކަމަށެވެ. މިގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ކުރެންދުއަށް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެންޑީއެމްއޭއިން ބުނީ މި ގެތަކަށް ލިބުނު ގެއްލުންތައް ވަޒަންކުރެވި، ކާރިސާތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކާރިސާތަކުން ލިބޭ ގެއްލުންތަކަށް އެހީދިނުމާބެހޭ ގަވާއިދުގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރު ހުށަހެޅިފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު