Saturday, October 31
އެފްއެސްއެމްގެ މުވައްޒަފުންތަކެއް ތެލުގެ ވަގު ވިޔަފާރިކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލަނީ

ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ތެލުން ވައްކަންކޮށް، އެއިން ލިބޭ ފައިސާ ލޯންޑަރކުރަމުންދާ ކަމަށް ޝައްކު ކުރެވޭ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ.

މިކަން ހާމަކުރެއްވީ ހޯމް މިނިސްޓަރު ޢަލީ އިޙްސާން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މި މައްސަލާގައި މިހާތަނަށް ފުލުހުންގެ ޚާއްސަ ޓީމުތަކުން ވަނީ 10 މީހުންނާއި، ދެ ގެއާއި، ތެޔޮ އުފުލާ ދެ ބާޖު ބަލައި ފާސްކޮށް، މައްސަލައާ ގުޅުންހުރި އިލެކްޓްރޯނިކް ސާމާނާއި ލިޔެކިޔުން ހޯދާފައެވެ.

މި ތަހުގީގު ކުރިއަށް ދާވަރަކުން ފުލުހުންގެ ފަރާތުން ދިވެހި ރައްޔިތުންނަށް މައްސަލައާގުޅޭ އިތުރު ތަފްސީލު ހާމަކުރައްވާނެ. މިނިސްޓަރުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

މިނިސްޓަރު ވިދާޅުވީ މިފަދަ މައްސަލަތައް ހޯދައި، ފުރިހަމައަށް އަވަހަށް ތަހުގީގުކޮށް، ވަކި މީހަކު އިސްތިސްނާނުކޮށް ގާނޫނީ ފިޔަވަޅު އެޅުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަރަށް އިސްކަންދެއްވާ ކަމެއް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު