Saturday, October 31
ރާއްޖެ އެތެރެކުރަން އުޅުނު 900,000 ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ކުރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން މިއަދު ބުނީ މިތަކެތި އަތުލައިގަތީ މިދިޔަ ހޯމަ ދުވަހު ކުރިއަރ މެދުވެރިކޮށް ރާއްޖެ ގެނައި ޕެކޭޖެއްގައި މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން އިތުރަށް ބަލައި ފާސްކުރި ކުރުމުގައި ކަމަށެވެ.

ކަސްޓަމްސްއިން ބުނީ އެ ޕެކޭޖުގެ ތެރެއިން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކޮކެއިން ފެނިފައިވާ ކަމަށާއި، އެތަކެތީގެ ބަރުދަނުގައި ޕެކިނާއެކު ޖުމްލަ 395 ގްރާމު ހުރި ކަމަށެވެ.

އެ ތަކެތީގެ މަގުމަތީ އަގު 987,000 ރ. އަށް އަރާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސްއިން ބުނީ މި މައްސަލާގައި އަތުލައިގަތް މަސްތުވާތަކެއްޗާއި، މައްސަލާގައި ހިމެނޭ ފިރިހެނެއް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ދާދިފަހުން ވަނީ ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 468 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. ހދ.މަކުނުދޫ ބޭރުން އަތުލައިގަތް މަސްބޯޓުގައި ހުރި މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 344 ކިލޯގެ މެތާއި، 124.07 ކިލޯގެ ކޮކެއިން ކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު