Saturday, October 31
ކެބިނެޓަށް އެއްވެސް ބަދަލެއް ގެންނަވަން ރައީސް ނިންމަވާފައެއްނުވޭ: ހީނާ

ކެބިނެޓަށް ބަދަލުތަކެއް ގެންނަން ނިންމަވާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަ ސަރުކާރުން ދޮގުކޮށްފިއެވެ.

ހަސަން ކުރުސީގެ ނަމުގައި އެކްސްގައި ބޭނުންކުރަމުންދާ އެކައުންޓުން ކުރި ޕޯސްޓެއްގައި ވަނީ ކެބިނެޓަށް ބައެއް ބަދަލުތައް ގެންނަން ނިންމަވާފައިވާ ކަމަށް ބުނެފައެވެ.

އެއީ ސައްހަ ނޫން ޚަބަރެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކެބިނެޓަށް އެއްވެސް ބަދަލެއް ގެންނަވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިނުވާ ކަމަށެވެ.

ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޑރ.މުޢިއްޒު އެކުލަވައިލެއްވި ކެބިނެޓުގައި ހިމެނިވަޑައިގަންނަވަނީ 22 ބޭފުޅުންނެވެ.

އޭގެފަހުން ރައީސް ޑރ. މުޢިއްޒު ކެބިނެޓަށް ބަދަލެއް ގެންނެވީ އެންމެ ފަހަރަކުއެވެ.

އެގޮތުން ސެޕްޓެމްބަރު 30 ގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަގާމަށް ޑޮކްޓަރ ޢަބްދުﷲ ޚަލީލް، މިނިސްޓަރ އޮފް ފިނޭންސްގެ މަގާމަށް މޫސާ ޒަމީރު، މިނިސްޓަރ އޮފް ހެލްތްގެ މަގާމަށް ޢަބުދުﷲ ނާޡިމް އިބްރާހީމް ވަނީ އައްޔަންކުރައްވާފައެވެ.

މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަގާމަށް އައްޔަންކުރެއްވި ޑޮކްޓަރ ޢަބްދުﷲ ޚަލީލް އޭގެކުރިން ހުންނެވީ މިނިސްޓަރ އޮފް ހެލްތްގެ މަގާމުގައެވެ. މިނިސްޓަރ އޮފް ފިނޭންސްގެ މަގާމަށް އައްޔަންކުރެއްވި މޫސާ ޒަމީރު އޭގެކުރިން ހުންނެވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަގާމުގައެވެ. މިނިސްޓަރ އޮފް ހެލްތްގެ މަގާމަށް އައްޔަންކުރެއްވި ޢަބުދުﷲ ނާޡިމް އިބްރާހީމް އޭގެކުރިން ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމުގައެވެ.

މިނިސްޓަރ އޮފް ފިނޭންސްގެ މަގާމުގައި އޭރު ހުންނެވި ޑޮކްޓަރ މުޙައްމަދު ޝަފީޤް އެ ދުވަހު ވަނީ އެ މަގާމުން އިސްތިއުފާދެއްވާފައެވެ.

ކެބިނެޓަށް ބަލާއިރު، މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަގާމުން ޑޮކްޓަރ ޢާއިޝަތު ރަމީލާ މިއަދު ވަނީ އިސްތިއުފާދެއްވާފައެވެ. އެކަމަނާ އިސްތިއުފާދެއްވީ މިވަގުތު ސިއްހީ ހާލުކޮޅު ހުރި ގޮތުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު