Saturday, October 31
ދ.އަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި

މޯލްޑިވްސް އިމިގްރޭޝަނުން ދ.އަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފިއެވެ.
‏
އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ "އިމުގާ" މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓުތައް މިހާރު ކުޑަހުވަދޫއިން ނެގުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ

އެގޮތުން ޕާސްޕޯޓަށް އެދި ހުށަހަޅާއިރު ޕާސްޕޯޓު ނަގަން ބޭނުންވާ ތަން ނުވަތަ ކަލެކްޝަން ޕޮއިންޓެއްގެ ގޮތުގައި ދ.ކުޑަހުވަދޫ އިޚުތިޔާރުކުރުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.

އިމިގްރޭޝަނުން ބުނީ ކުޑަހުވަދޫއިން ނަގާ ޕާސްޕޯޓު ކޮންމެ ހޯމަ ދުވަހަކު ލިބޭނެ ކަމަށެވެ.

އެ ރަށުގައި މި ޚިދުމަތް ފެށުމާ ގުޅިގެން އާންމު ރައްޔިތަކު ބުނެފައިވަނީ މާލެ ދާން ނުޖެހި ކުޑަހުވަދޫން އެ ޚިދުމަތް ލިބޭ ގޮތް މެދުވެރިވުމުން ވަރަށް އުފާވާ ކަމަށެވެ. އެހެން މީހަކު ބުނީ އެ ރަށުން މި ޚިދުމަތް ލިބުމަކީ ނުހަނު ބޮޑު ފަސޭހައެއް ލިބިގެންދިޔަ ކަމެއް ކަމަށާއި، ޕާސްޕޯޓުގެ ޚިދުމަތް ހޯދަން ބޮޑެތި ޚަރަދުކޮށްފައި މާލެ ދާން މިހާރު ނުޖެހޭ ކަމަށެވެ.

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ކަންކަން މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިފުތިތާހުކޮށްދެއްވީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ.

ރައީސްގެ ވައުދުފުޅަކީ 2025 ނިމުމުގެ ކުރިން ހުރިހާ އަތޮޅަކުން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ މަގުފަހިކޮށްދެއްވުމެވެ.

ކުޑަހުވަދޫގެ އިތުރުން ޕާސްޕޯޓުގެ ޚިދުމަތް މިހާރު ލިބެނީ ހުރިހާ ސިޓީތަކާއި، ހއ.ދިއްދޫންނެވެ. މިއަހަރު ލ.ފޮނަދޫގައި ޕާސްޕޯޓު ޚިދުމަތް ފެށުމަށް ވަނީ ނިންމާފައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު