Saturday, October 31
ރައީސްގެ ވައުދުފުޅާ އެއްގޮތަށް 2025 ނިމުމުގެ ކުރިން މުޅި ރާއްޖޭގައި ޕާސްޕޯޓުގެ ޚިދުމަތް ފެށޭނެ: ޝަމްޢާން

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް 2025 ނިމުމުގެ ކުރިން މުޅި ރާއްޖޭގައި ޕާސްޕޯޓުގެ ޚިދުމަތް ފެށޭނެ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.

ޝަމްޢާން މިހެން ވިދާޅުވީ ސަރުކާރަށް އެއް އަހަރުގެ ފުރުމުގެ މުނާސަބަތުގައި ދައުލަތުގެ މީޑިއާއިން ގެނެސްދިން ޚާއްސަ ޕްރޮގްރާމަށް ދެއްވި އިންޓަވިއުގެ ތެރެއިންނެވެ.

ޝަމްޢާން ވިދާޅުވީ މާލެއަށް ނައިސް، ރާއްޖޭގެ ހުރިހާ އަތޮޅަކުން ވީހާވެސް ލުއިފަސޭހަކޮށް ދިވެހީންނަށް ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދެއްވުމަކީ ރައީސް ޑރ. މުޢިއްޒުގެ ވައުދުފުޅެއް ކަމަށާއި، އެގޮތުން އިމިގްރޭޝަނުން ދަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސަމުން ކަމަށެވެ.

2025 ވަނަ އަހަރު ނިމުމުގެ ކުރިން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގަ ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ފެށޭނެ.

ޕާސްޕޯޓުގެ ޚިދުމަތް މިހާރު ލިބެނީ މާލެ ސިޓީގެ އިތުރުން ހުރިހާ ސިޓީތަކާއި، ހއ.ދިއްދޫ، ދ.ކުޑަހުވަދޫންނެވެ. މިއަހަރު ލ.ފޮނަދޫގައި ޕާސްޕޯޓު ޚިދުމަތް ފެށުމަށް ވަނީ ނިންމާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު