Saturday, October 31
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ވިލިނގިލީގައި ޤާއިމުކޮށްދިނުމަށް އެދެފި

ގއ. ވިލިނގިލީގައި ޤުރުއާނުގެ ޢިލްމު ފެތުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ޤާއިމްކޮށްދިނުމަށް، ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލުން އެދިވަޑައިގެންފައެވެ.

ވިލިނގިލީ ކައުންސިލުން މިގޮތަށް އެދިވަޑައިގެންފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުކުރެއްވުމުގައި ވިލިނގިލީ ކައުންސިލުން ވަނީ އެ ރަށުގެ މިސްކިތްތަކުގެ ހާލަތު ވަޒީރާ ޙިއްސާކުރައްވައި މިސްކިތްތަކުގެ މަރާމާތުގެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ޑރ. ޝަހީމް ވަނީ އެ ރަށު ކައުންސިލުން އެދިވަޑައިގަތް ކަންކަން ކުރިއަށް ގެންދެވުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން ދެއްވަންޖެހޭ ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ.

އޮންލައިންކޮށް ކުރިއަށްގެންދިޔަ މި ބައްދަލުކުރެއްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރީންނާއި ވިލިނގިލީ ކައުންސިލްގެ އިސްވެރީން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު