Saturday, October 31
މަންމައާއި ކޮއްކޮއަށް ވަޅިން ހަމަލާދޭނެކަމަށް ބުނެ އިންޒާރުދިން މީހަކު ހައްޔަރުކޮށްފި

މަންމައާއި ކޮއްކޮއަށް ވަޅިން ހަމަލާދޭނެކަމަށް ބުނެ އިންޒާރުދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ވ.ހުވަފެން އުމުރުން 32 މުޙައްމަދު ޝަފީޤެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 07 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ކޯޓުން ނެރުނު އަމުރުގައި ކުށްކުރި ކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން މަންމައާއި ކޮއްކޮއަށް ވަޅިން ހަމަލާދޭނެކަމަށް ބުނެ އިންޒާރުދިން ކަމަށް ތުހުމަތުކުރެވޭ ކަމަށާއި، އޭނާގެ ކޮޓަރިންތެރެއިން 2 ވަޅި ފެނިފައިވާ ކަމަށް އަމުރުގައި ބުނެފައިވެއެވެ.

އިންޒާރު ދިނުން ގުޅިފައިވަނީ އޭނާ ބުނެގެން ފައިސާ ނުދީގެން ކަމަށް އަމުރުގައި ބުނެފައިވެއެވެ.

ދާދިފަހުން ވެސް ވަނީ މަންމަ އަތުން ގަދަކަމުން ފައިސާ ހޯދަން އުޅެ، ބިރުދައްކައި އަނިޔާކުރި ފިރިހެނަކު ހައްޔަރުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު