Saturday, October 31
ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުމުގައި އެމްޑީޕީ ފަހަތަކަށް ނުޖެހޭނެ: ޝާހިދު

ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުމުގައި އެމްޑީޕީ ފަހަތަކަށް ނުޖެހޭނެ ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ މި ސަރުކާރުގެ އަނިޔާވެރިކަމާއި، ޚުދުމުހުތާރުކަން އިންތިހާއަށް ގޮސްފައިވާކަން މިހާރު މިދަނީ ފެންނަމުން ކަމަށެވެ.

އެގޮތުން ސޯޝަލްމީޑިޔާގައި ފާޅުކުރި ޝުއޫރަކާއި ގުޅިގެން އެމްޑީޕީގެ ހަރަކާތްތެރިއެއް ކަމަށްވާ ޙުސައިން ޝާފިޢު (ތުއްތު) އަށް ފުލުސް އޮފީހުން ހާޒިރުވާން ޗިޓު ފޮނުވާފައިވާއިރު، ގައްދޫ ކައުންސިލް ރައީސް މުޙައްމަދު އަޙްމަދު ވަޓްސްއަޕް ގުރޫޕެއްގައި ފާޅުކުރެއްވި ޝުއޫރަކާ ގުޅިގެން ކައުންސިލުން ފިޔަވަޅުއަޅަން އެލްޖީއޭއިން އަންގައިފި ކަމަށެވެ.

ޝާހިދު ވިދާޅުވީ ބިރުދައްކަން ތަހުގީގަށް ގެންދިޔުމުގެ ސަގާފަތް އަލުން ފެށިއްޖެ ކަމަށެވެ.

ދިވެހި ރައްޔިތުންގެ އަނގަމަތީ ގައި މަލަން އަޅައި ބަންދެއްނުކުރެވޭނެ. ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުމުގައި އެމްޑީޕީ ފަހަތަކަށް ނުޖެހޭނެ.

ފުލުހުންގެ ޚިދުމަތުން ޙުސައިން ޝާފިޢުއަށް ފޮނުވި ޗިޓުގައިވާ ގޮތުން އޭނާ ފުލުހަށް ހާޒިރުކުރަނީ ޗާލީ_ތުއްތު ގެ ނަމުގައި ހަދާފައިވާ ހޭންޑްލައިންއިން ނޮވެމްބަރު 08 ވަނަ ދުވަހުގެ 1.14 ގައި ހަޑިހުތުރު ބަސް ބޭނުންކޮށްގެން ބިރުވެރިކަން އުފެދޭ ގޮތަށް އެކްސްގައި ޕޯސްޓެއްކޮށްފައިވާ މައްސަލައަކާ ގުޅިގެންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު