ޤާނޫނު އަސާސީގެ މައްޗަށް ފައިންއެރި ބަޔަކަށް ހިމާޔަތް ކުރެވޭނީ ކޮން ޤާނޫނު އަސާސީ އެއްތޯ މާލެސިޓީ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް، އެމްޑީޕީއާއި ސުވާލު ކުރަށްވައިފި އެވެ.
ނަރީޝް މިފަދައިން ސުވާލު ކުރެއްވީ އަންނަ މަހުގެ 10 ވަނަ ދުވަހު މާލޭ ކާނިވާ ސަރަހައްދުގައި ''ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން'' ގެ ނަމުގައި އެމްޑީޕީން ޖަލްސާއެއް ބާއްވަން ތައްޔާރުވަމުން ދިއުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.
އެމްޑީޕީގެ ވެރިކަމުގައި ދިވެހީންގެ ޤާނޫނު އަސާސީގައި ލިޔެފައިވާ ދިވެހީންގެ މިނިވަންކަމާއި ސިޔާދާއި، ދިވެހީންގެ ދީން ކަމުގައިވާ އިސްލާމްދީނުގެ ހުރުމަތް ކެނޑުމަށް ކުރި މަސައްކަތާއި، ދިވެހީންގެ ސަރަހައްދު ކަމުގައި އެ ޤާނޫނު އަސާސީގައި ބުނެފައިވާ ސަރަހައްދުން ބައެއް ބޭރުގެ ބަޔަކަށް ވިއްކާލަން ކުރި މަސައްކަތާއި، ދިވެހީންގެ ދިވެހި ވަންތަކަން ނަގާލައި އަމިއްލަ ގައުމުގައި ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް އެ ރައްޔިތުން ހަދަން ކުރި މަސައްކަތް އަދި ދިވެހީން ހަނަދާނަކުން ފިލާ ދާހާ ދުވެހެެއް ނުވާކަމަށް ނަރީޝް ވިދާޅުވެފައި ވެއެވެ.
"ނަމުގައި ޤާނޫނު އަސާސީގެ ދިފާއުގައި ކަމުގައި ދިވެހީންގެ ވެރިކަން ވައްޓާލާ ގައުމު ހަލަބޮލި ކުރަން ޖަހަން ތިޔަރާވާ ސަކަރާތް ރައްޔިތުންނަށް މިއަދު މާ ސާފު" ނަރީޝް ވިދާޅުވި އެވެ.
އަދި ދިވެހީންނަކީ ސުލްހަ މަސަލަސްކަމާއި އަމާން ކަމަށް ލޯބިކުރާ ބައެއް ކަމުގައި ނަރީޝް ވިދާޅުވެފައި ވެއެވެ.
މި ލިޔުން ކިޔާލުމުން